ކައުންސިލްގެ މަސްރޭސް ކާމިޔާބު ކުރީ އިހަވަންދޫ ކައުންސިލްގެ ޓީމް
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލެވިގެން އިހަވަންދޫ ކައުންސިލުން ބޭއްވި 'އޮމެގަރ މަސްރޭސް' އިހަވަންދޫ ކައުންސިލުން ކާމިޔާބު ކޮށްފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދިޔަ މަސްރޭހުގައި ޖުމުލް 7 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އިހަވަންދޫ ކައުންސިލް، ޕޯލްސްޓަރ، އިހަވަންދޫ ސުކޫލު، އާމިނާދިޔޯ ސިއްހީމަރުކަޒު، ފެނަކަ އިހަވަންދޫ ބުރާންޗު، އިހަވަންދޫ މެޖިސްޓްރޭޓު ކޯޓު އަދި މަސްވެރި އިހަވަންދޫ އެވެ.
މިމަސްރޭސް އިހަވަންދޫ ކައުންސިލްގެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 59.70 ކިލޯގެ މަސް ބާނައިގެންނެވެ. އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނު މި މަސްރޭހުގެ 2 ވަނަ ލިބިފައި ވަނީ ފެނަކަ އިހަވަންދޫ ބުރާންވުގެ ޓީމަށެވެ. އެޓީމުން ވަނީ 37.55 ކިލޯގެ މަސް ބާނައިފައެވެ. 2 ވަނަ އަށްދިޔަ ޓީމަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައެވެ.
މިމަސްރޭހުގައި އެންމެ ބަރު މަސް ބޭނިފަރާތަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. އެންމެ ބަރުމަސް ބާނާފައި ވަނީ އިހަވަންދޫ މެޖިސްޓުރޭޓު ކޯޓު ޓީމުގެ، އަޙްމަދު ރަޝީދު އެވެ. އޭނާ ވަނީ 32.40 ކިލޯގެ މުޑަހަންޖެއް ބާނާފައެވެ. މަސްރޭހުގައި އެންމެ ގިނަ މަސް ބޭނި ފަރާތުން ވަނީ 23 މަސް ބާނާފައެވެ. އެއީ އިހަވަންދޫ ޕޮލިސް ޓޭޝަން ޓީމުގެ އަޙުމަދު ނިޒާމް އެވެ. މިފަރާތަށްވެސް ވަނީ 500 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.
މަސްރޭހުގެ ނަތީޖާ އިޢުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މަސްވެރިކަމުގައި ހަރަކާތްތެރިވާ 2 ދޯންޏަކަށް ކުލަބު ޕޯލްސްޓަރ އިން ހަދިޔާ ދިނުން އޮތެވެ. މިހަދިޔާ ލިބޭ 2 ދޯނި ކަނޑައަޅާފައިވަނީ ގުރުއަތެއް ނަގައިގެންނެވެ. ޕޯލްސްޓަރގެ ހަދިޔާ ލިބިފައިވަނީ ފަރިމާދޯނި އަދި ފަހިރޯދި ދޯންޏަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް މަސްރޭހުން އެއްވަނަ ހޯދީ ޕޯލްސްޓަރ
11 - ޑިސެމްބަރު - 2022
ނުވަ ޓީމާއިއެކު ކައުންސިލްގެ މަސް ރޭސް މިއަދު އޮންނާނެ
10 - ޑިސެމްބަރު - 2022
ކައުންސިލް މަސްރޭސް މިއަހަރުވެސް
2 - ޑިސެމްބަރު - 2022
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : އެއްވަނަ ކައުންސިލަށް
11 - ޑިސެމްބަރު - 2025
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : ދޯނިތައް މަހަށް ފުރައިފި
10 - ޑިސެމްބަރު - 2025
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް