އިހަވަންދޫގައި ތިބި ތައިރޮއިޑު ބައްޔަށް ފަރުވާކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލަނީ
ހއ. އިހަވަންދޫގައި ތިބި ތައިރޮއިޑު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އާމިނާދިޔޯ ސިއްހީމަރުކަޒުން ފަށައިފިއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ބުނީ އިހަވަންދޫގައި ތިބި ތައިރޮއިޑު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކުގެ ދަފުތަރެއް އެމަރުކަޒުން އެކުލަވާލަން ބޭނުންވާތީ، އެބައްޔަށް ފަރުވާހޯއްދަވާ ފަރާތްތަކުން އެމަރުކަޒުގައި ނަންނޯޓު ކުރުމަށް އެދޭ ކަމަށެވެ.
މިގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން 4:00 އަށް ނަންނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ނަންނޯޓު ކުރުމަށްޓަކައި އެގަޑިތަކުގައި މަރުކަޒުގެ ނަންބަރ 6500501 އަށް ގުޅުމަށް އެމަރުކަޒުން އެދިލައްވައެވެ.
އާބާދީގައި 3400 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ އިހަވަންދޫގެ ގިނަ ބަޔަކު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމާއި ލެބޯޓަރީ ޓެސްޓުތައް ހެދުމަށްޓަކައި ހއ. އަތޮޅު ހޮސްޕިޓަލް އަދި ހދ. ރީޖަނަލް ހޮސްޕިޓަލް އަށް ދަތުރުކުރާކަން ފާހަގަ ކުރެވެއެވެ.
ތައިރޮއިޑު ބަލި ދެނެގަތުމަށްޓަކައި ނުވަތަ ތައިރޮއިޑު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކުން، ތައިރޮއިޑު ހޯމޯން ހަށިގަނޑުގައި ހުރިމިންވަރު ދެނެގަތުމަށްޓަކައި ހަދާ ލެބޯޓަރީ ޓެސްޓު އާމިނާދިޔޯ ސިއްހީމަރުކަޒުން ހެދެން ނެތްކަން ފާހަގަ ކުރެވެއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓަރ އަލްފާޟިލް މުޙައްމަދު އަކުރަމް ވިދާޅުވީ، އިހަވަންދޫގައި ތައިރޮއިޑު ބައްޔަށް ފަރުވާކުރާ ފަރާތްތައް ގިނަކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއެއްކުރެވޭ މައުލޫމާތަކީ އެފަދަ ފަރާތްތަކުން ރަށުގައި ތިއްބަވައިގެން ހިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެއްކުރަމުންދާ މައުލޫމާތެއްކަން ފާހަގަ ކުރައްވާ، އަކުރަމް ވަނީ މިބައްޔަށް ފަރުވާ ހޯއްދަވާ ބޭފުޅުން މިދަފުތަރު އެކުލަވާލުމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަކުރަމް ވިދާޅުވީ އަންނައަހަރު ޖަނަވަރީގައި މަރުކަޒުން ތައިރޮއިޑު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް