ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް، އިހަވަންދޫ ކައުންސިލުން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފައިމިވަނީ ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް 19 ފެބުރުއުރީ 2023 ގައި ކުރި އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައި ނުވާތީކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލުން އިއްޔަކުރި އިއުލާނުގައިވަނީ މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށްފަހު 02 މެއި 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުމަށެވެ.

އިހަވަންދޫ ކުޑަކުދިންގެ ޕާކް އިތުރަށް ތަރަށްޤީކުރުމުގެ މަސައްކަތް މިދައުރުގެ ކައުންސިލުން އަނަނީ ކުރަމުންނެވެ.