ރާއްޖެ ގެންނަންވާނީ ޑަބުލިޔު އެޗްއޯގެ އިތުބާރު ލިބިފައިވާ ވެކްސިނެއް: ޕީޕީއެމް
ކޯވިޑް19 އިން ރައްކާތެރިކަމަށް ރާއްޖެ ގެންނަންވާނީ ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާގެ ( WHO ) އިތުބާރު ލިބިފައިވާ ވެކްސިނެއް ކަމަށް ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
ޕީޕީއެމް އިން ރޭ އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރައްޔިތުންގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެންމެ އިސްކަންދޭ އެއް ކަމަކަށްވާތީވެ، ކިތަންމެ ބޮޑު ޚަރަދެއް ކޮންގެންނަމަވެސް، ކޯވިޑް 19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެ ގެންނަންވާނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އެޕްރޫވްކޮށްފައިވާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ
ޖަމުޢިއްޔާއިން ކަށަވަރުކޮށްދީފައިވާ ވެކްސިނެއްކަމުގައި އެ ކޯލިޝަނުން ދެކޭކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެކްސިން ތަކެއް ހާމަކޮށްފައިވާކަން ފާހަގަކޮށް އެބަޔާނުގައި ބުނެފައި ވަނީ ބަލިތަކުން ދިފާޢުވުމަށް ޖަހާ ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަޙުލީލުތަކެއް ކުރުމަށްފަހު، ލިބޭ މަޢުލޫމާތު މައްޗަށް ބިނާކޮށް ޞިއްޙަތާއި ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމަށެވެ. އަދި ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަންސް އާމެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް، ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިޔު އެޗް އޯއިން އަދި ޤަބޫލުކުރާ ވެކްސިނެއް ނޫންކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފާހަގަކޮށް އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަޤުތުހުރި ވެކްސިން އެއްކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ކޯވިޑް19 ގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވުމާއެކު، މި ބަލިން ރައްކާތެރިވުމަށްޓަކައި، ޑަބްލިޔު އެޗް އޯއިން ޤަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ ޕުރޮގުރެސިވް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ، އަދި ހިތާމަކުރާ ކަމެއްކަމަށާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށާއި ވެކްސިން އެއް ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށްވެސް ޕީޕީއެމް އިންވަނީ ގޮވާލާފައެވެ.
އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ 100،000 ޑޯޒްގެ ވެކްސިން އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ. އިއްޔެ ގެނެސްފައި ވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް ވެކްސިނެވެ. މިއީ ގާތްގަނޑަކަށް 50،000 މީހުންނަށް ޖެހޭ ވަރުގެ އަދަދެކެވެ. ރާއްޖެއިން ވަނީ އ އެސްޓްރަޒެނެކާ އާއެކު 700،000 ޑޯޒްގެ ވެކްސިން ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި
2 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
އަމިއްލަގޮތުން ކުރިމަތިލުމާއިމެދު، ހާޝިމް ގޮތެއް ނިންމަނީ
8 - ފެބްރުއަރީ - 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް
27 - ޖެނުއަރީ - 2024
ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި
25 - ޖެނުއަރީ - 2024
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި 1796 މީހަކަށް ވޯޓްލެވޭ
20 - ޖެނުއަރީ - 2024
ޕްރައިމަރީއިން ބަލިވިއަސް ޕާޓީ ދޫކޮށްލާފައި ނުދާނަން – ހާޝިމް
6 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް