މިނިވަން ޗެމްޕިއަންޝިޕް: އިހަވަންދޫގެ ފުރަތަމަ މެޗް އަންނަމަހު 5 ގައި

މުޙައްމަދު އަކުރަމް

މިނިވަން ޗެމްޕިއަންޝިޕްގައި ހއ އަތޮޅުގެ މެޗުތައް އަންނަ މާޗް މަހު 5 ވާ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރަން ޖެހޭނީ އިހަވަންދޫ އަދި ދިއްދޫއެވެ. މިމެޗް ކުޅެނީ އެދުވަހުގެ 15:45 ގައި ދިއްދޫގައެވެ.

މިމުބާރާތުގެ ހއ އަތޮޅުން ބައިވެރިވެފައިވަނީ ދިއްދޫ، މުރައިދޫ އަދި އިހަވަންދޫ އެވެ. އަދި މިމުބާރާތުގެ ހއ އަތޮޅުބުރު ހޯސްޓް ކުރާނީ ދިއްދޫގައެވެ.

ހއ އަތޮޅުބުރުގެ ދެވަނަ މެޗްގައި އަންނަ މާޗްމަހުގެ 9 ވަނަދުވަހު ވާދަކުރާނީ މުރާދޫއާއި އިހަވަންދޫއެވެ. އަދި ހއ އަތޮޅުބުރުގެ ފަހު މެޗްގައި އަންނަމަ މާޗް މަހު 12 ވަނަ ދުވަހު ވާދަކުރާނީ މުރައިދޫ އަދި ދިއްދޫއެވެ.

ހއ އަތޮޅުބުރުގެ ފައިނަލްމެޗް އޮންނާނީ 15 މާޗްގައެވެ. އެމެޗްގައި ވާދަކުރާނީ އެންމެގިނައިން ޕޮއިންޓް ލިބޭ ދެޓީމެވެ. މިމެޗް ކާމިޔާބުކުރާ ޓީމުން ވާދަކުރަން ޖެހޭނީ ޒޯން އެކެއްގެ ފައިނަލްގައި، ހދ އަތޮޅުބުރުގެ އެއްވަނަ ޓީމާއެވެ.

މިފަހަރުގެ މިމުބާރާތުގައި އިހަވަންދޫ ތަމްސީލްކުރާނީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއެވެ.