ދިވެހި ފަޅުވެރިން ލިބުން ދަތިވެ "ނޯއާ" ދޯނިން މަލިކުން ފަޅުވެރިން ހޯދަނީ

މުޙައްމަދު އަކުރަމް

ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ ދިވެހިން ލިބުން ދަތިވެ “ނޯއާ” ދޯނިން އިންޑިޔާގެ ޓެރިޓަރީއެއްކަމަށްވާ މަލިކުން ފަޅުވެރިން ހޯދުމަށް އިއުލާންކޮށްފިއެވެ. އެދޯނިންވަނީ މަލިކުން ހަތަރު ފަޅުވެރިން ހޯދަން އިއުލާންކޮށްފައެވެ.

ނޯއާ ދޯނީގެ ވެރިޔާ އަބްދުލްހަލީމް ޢަބްދުއް ނާޞިރު މައުލޫމާތު ދެއްވި ގޮތުގައި، މަލިކުން ފަޅުވެރިން ހޯދަން އިއުލާންކުރުމާއިއެކު މަލިކު އަދި ލަކްޝަދީބުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ” މަލިކު އަދި ލަކްޝަދީބުން ވަރަށް މީހުން ގުޅާ، މަލިކަށް ދާން މިއުޅެނީ، ގޮސް އިންޓަވިއު ކޮށްފަ މީހުން ނަގަން، މަލިކުގަ މިހާރު ހުންނާނެ މިކަންކުރަން އެޖެންޓެއް ބަހައްޓާފަ” ހަލީމް މައުލޫމާތު ދެއްވިއެވެ.
ހަލީމް މައުލޫމާތު ދެއްވި ގޮތުގައި މަލިކުން މީހުން ގެންނަން ނިންމީ، މަލިކުން މީހުން ގެނައުމުގެ އަގުހެޔޮވުމާ އެމީހުންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށްވުމުގެ އިތުރުން ދިވެހި މަސްވެރިކަމާ އެންމެ ގުޅޭ މަސްވެރިކަމެއްކުރަނީ މަލިކުމީހުންނަށްވީމަ ކަމުގައެވެ. “ބަނގުލަދޭޝް މީހުން ކަމަކުނުދޭ، ވިސާވެސް އަގުބޮޑު” ހަލީމް ތަފްސީލް ކޮށްދެއްވިއެވެ.

ހަލީމަކީ އަބަދުވެސް ތަފާތުކަންކަން ތައާރަފްކުރާ އޮޑިވެރިއެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އޭނާގެ ނޯއާ ދޯނީގައި، އިންފޯމޭޝަން ޓެކްނޮލޮޖީ އެހީގައި މަސްވެރިންނަށް ފަސޭހަކޮށްދޭނޭ ގިނަ ވަޞީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.

މަލިކާ އިހަވަންދޫއާ ދެމެދު ހުންނަނީ 90 މޭލުގެ ދުރުމިނެވެ. އިހަވަންދިއްޕޮޅުގެ މީހުންނާއި މަލިކާ ދެމެދު ތާރީހީ އަދި އާއިލީ ގުޅުންތަކެއް އޮންނައިރު، ފަހަކަށް އައިސް ގުޅުންތައް ދަނީ އިތުރަށް ބަދަހިވަމުންނެވެ. އިހަވަންދޫގެ ބަޔަކު މަލިކަށް ޒިޔާރަތް ކޮށްފަވާއިރު މަލިކުގެ ގްރޫޕެއް ވަނީ އީދު ފާހަގަކުރުމަށް އިހަވަންދޫއަށް ގެނެސްފައެވެ.

އިހަވަންދޫގައި މަސްވެރިކަމަށް ނުކުންނަ 14 އުޅަނދަށްވެސް، ފަޅުވެރިން ނުލިބުމުގެ މައްސަލަ ވަރަށްބޮޑަށްވަނީ ކުރިމަތިވެފައެވެ. މަސްވެރިކަމަށް އަލަށް ގުޅޭ ޒުވާނުންގެ އަދަދު ބޮޑުތަނުން މަދުވެފައިވާއިރު، ޒަމާނުންސުރެ މަސްވެރިކަމުގައި އުޅުނު ބައެއް ފަރާތްތައްވެސްދަނީ އެހެން ވަޒީފާތަކަށް ބަދަލުވަމުންނެވެ. މިކަމުގެ ސަބަބެއްކަމުގައި މަސްވެރިން ބުނަމުން އަންނަނީ މަހަށް ހަމަ އަގު ނުލިބުމުގެ އިތުރުން މަސްވެރިކަމުގައި ކުރަންޖެހޭ ހަރަދު އެތައްގުނަޔަކަށް ބޮޑުވެފައިވުމެވެ. ވަރަށް ފަހަކާ ޖެހެންދެއްވެސް އިހަވަންދޫގެ ދޯނި ފަހަރުގައި އެއްވެސް ބިދޭސީއެއް ނުގެންގުޅެއެވެ. ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުމާއި، ރިސޯޓް ތަކުން ސާވިސްޗާޖަށް ގެނަ ބަދަލުތަކުގެ ސަބަބުން ރިސޯޓް ވަޒީފާތަކުން ލިބޭ އާމްދަނީ އިތުރުވުމުން ގިނަ ޒުވާނުން މިހާރު ގުޅެނީ ރިސޯޓް ވަޒީފާއާއެވެ. ބައެއް ޒުވާނުން ބުނާގޮތުގައި، ޒުވާނުންނާމެދު ބައެއް ކެޔޮޅުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތު ތަކަކީވެސް ޒުވާނުން މަސްވެރިކަމާއި ދުރައްދާ އެއް ސަބަބެވެ.

ޚިޔާލު ފައުޅުކުރުން

މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި އެ ވިދާޅުވާ ގޮތަށް ބިދޭސީން ގެންގުޅުމަކީ ގާނޫނީ ގޮތުން މަނާކަމެއް ހެން ހީވަނީ. ދޯނީގަ ކެއްކުމުގެ ކަންކަމުގައި ކަނޑައެޅިފްއިވާ ވަކި އަދަދަކަށް ބިދޭސީން ގެންގުޅެވޭ ކަމަށް ވަނީ
ބަންގާޅީންނަށް މުސާރަނުދީ ފޮނުވާލާގޮތަށް ތި މީހުންނަށް ނުހަދާތި. ތިޔައީ ދިވެހި ނަސްލެއް. ދިވެހިން އަތުން ބީވެފައިތިބި ދިވެހިން ތަކެއް.
މިހާރު ނުބައި ނުކުރެވި ހަމައެކަނިއޮތް ގައުމު މަލިކަކީ. ތިޔަތަނަށް މިދިވެހިރާއްޖޭގެ މީހުންދާންފަށައިފިނަމަ ދެންމާކަގިނަދުވަހެއްނުވާނެ ތަން އަޑިއަށް ގަންބަވާވަރުވެގެން ހިނގައިދާނެ.
ކޮބައިތަ ތިބުނާ ހަމަ އަގަކީ؟ އަހަރެންގެ އަންހެނުންނަކީ ކުކީސް ހަދައިވިއްކާ މީހެއް. އޭގެ ހަމައަގު ކަނޑައަޅާނީ ކިހިނެއް؟