ދިވެހި ރުފިޔާއަށް ޚާއްސަ ނިޝާނެއް ފަރުމާ ކުރުމުގެ މުބާރާތެއް
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ރުފިޔާގެ ނިޝާން ފަރުމާ ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި، ފަރުމާތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ގިނަ ޤައުމުތަކުގައި އެ ޤައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް އަންނަނީ ބޭނުންކުރަމުންނެވެ. މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ. ދިވެހިރާއްޖޭގައި ވެސް މި ފަދަ ނިޝާނެއް ހެދުމަށް މުބާރާތެއް ބޭއްވުމަށް އެމްއެމްއޭއިން ނިންމާފައިވާއިރު، މި ނިޝާން ފަރުމާކުރުމަށް ޝައުގުވެރިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވިދާޅުވީ މިމުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 21 ފެބުރުއަރީއެވެ. މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ހުޅުވާލި މުހިންމު ފުރުސަތެކެވެ.
ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމަށާއި ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތެއް ބާއްވަނީ
12 - ފެބްރުއަރީ - 2021
ޕޯލްސްޓަރ އިން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔުމުގެ މުބާރާތެއް ބާއްވަނީ
22 - ޖުލައި - 2013
ވަގުތީ ކުނިކޮށި ގާއިމުކުރުމުގެ މަސައްކަތް ފެނައާރާއި ހަވާލުކުރީ 1.4 ލައްކަޔަށް
8 - އޮކްޓޯބަރު - 2026
މިއަދު ކަނޑިތީމާ ދެކޮޅަށް އިހަވަންދޫ ނުކުންނަނީ ފައިނަލް ކަށަވަރުކުރުމުގެ އުންމީދުގައި!
5 - އޮކްޓޯބަރު - 2026
އީރާނާ ދެކޮޅަށް އެކަނި ހަނގުރާމަކުރުމުގެ އިންޒާރާއެކު ނަތަންޔާހޫއަށް ބޮޑެތި ފާޑުކިއުންތަކެއް!
6 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އެޗްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ނަބާހް ހޯދައިފި
14 - ޖުލައި - 2026
މަސްތައް ނީލަންކިޔުމަށްކީ ތިންވަނަ ނީލަން ވެސް ފެނަށް: 1 ރުފިޔާއަށް ވެސް މަހެއް ނުވިކުނު!
25 - ޖޫން - 2026
ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެ، ދިއްދޫ ސްޕޯޓްސް މުޅި ހއ. އަތޮޅުގެ ފަޚުރަކަށް!
20 - ޖޫން - 2026
ހޯރަފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
1 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް