- 25.07 ހެކްޓަރުގެ ބިން ހިއްކުން.
- 580 މީޓަރުގެ އެއްގަމު ތޮށި ޖެހުން.
- 270 މީޓަރުގެ ގްރޮއިން ޖެހުން.
- 1496 މީޓަރުގެ ބައޮސްވޭލް ހެދުން ހިމެނެއެވެ.
ހޯރަފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
ޒިޔާޢު އަހްމަދު
1 - އޭޕްރީލް - 2026
ހއ. ހޯރަފުށީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެކުންފުންޏާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހުއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުހައްމަދު ޝާމިލްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ. މިރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ މޫސާ ބައިވެރިވިއެވެ.
ހޯރަފުށީގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 199,693,198.80 (ސަތޭކަ ނުވަދިހަ ނުވަ މިލިއަން، ހަލައްކަ ނުވަދިހަ ތިން ހާސް، އެއްސަތޭކަ ނުވަދިހަ އަށް ރުފިޔާ އަށްސަތޭކަ ލާރި) ގެ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ހޯރަފުށި ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ނިންމަނީ!
31 - މާރިޗު - 2026
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
އުލިގަމުގައި ފުޓްސަލް ދަނޑެއް، ހޯރަފުށީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ޒެބޮކްއަށް
28 - އޮކްޓޯބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
ހޯރަފުށީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް، އުލިގަމާއި މާރަންދޫއަށް ފުޓްސަލް ދަނޑެއް ތަރައްޤީކުރަން ބީލަން ހުޅުވާލައިފި!
12 - އޮގަސްޓު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް