އިހަވަންދޫގައި ހުންނަ އެސްޓީއޯ ބޭސްފިހާރައިން 24 ގަޑީއިރު ހިދުމަތް ދޭގޮތަށް ހަމަޖައްސައިފިއެވެ. އެހެންކަމުން އިއްޔައިން ފެށިގެން އެސްޓިއޯ ބޭސްފިހާރަ 24 ގަޑީއިރު ހުޅުވާފައި ހުންނާނެއެވެ. އެސްޓީއޯ ފަމަސީއިން 24 ގަޑިއިރު ހިދުމަތް ދޭންފެށުމުން އެފާމަސީ ވެގެންދާނީ، އިހަވަންދޫގައި އެންމެ ފުރަތަމަ 24 ގަޑީއިރު ހިދުމަތްދޭންފެށާ ފާމަސީއަށެވެ.
އިހަވަންދޫގައި ސިއްޙީ ހިދުމަތްދޭ ހަމައެކަނި ފެސިލިޓީކަމަށްވާ އާމިނާދިޔޯ ސިއްޙީމަރުކަޒުން 24 ގަޑީއިރު ހިދުމަތް ދޭންފަށާފައިވަނީ 12 ނޮވެމްބަރ 2007 ގައެވެ. ނަމަވެސް އިހަވަންދޫގައި ހުންނަ އެއްވެސް ފާމަސީއަކުން 24 ގަޑީއިރު ހިދުމަތް ނުދޭތީ އާމުންނަށް އައީ އެކަމުގެ ދަތިތައް ފޯރަމުންނެވެ. ނަމަވެސް އެސްޓީއޯ ފާމަސީއިން 24 ގަޑިއިރު ހިދުމަތް ދޭންފެށުމާއިއެކު އެދަތިތަކަށް ހައްލުލިބިގެންދާނެއެވެ.