ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އަށް
ހއ. އިހަވަންދޫން 23 ޑިސެމްބަރުން ފެށިގެން ކޮވިޑަށް ފައްސިވި މީހުންގެ ޖުމުލަ 100 އަށް އަރައިފިއެވެ.
ރޭ އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރޭގެ ނިޔަލަށް 100 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ރޭގެ ނިޔަލަށް 36 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އެހެންކަމުން މިވަގުތު އިހަވަންދޫގައި ތިބި ކޮވިޑު ބަލީގެ މީހުންގެ އަދަދަކީ 64 އެވެ.
އިހަވަންދޫން ފެންނަމުންދާ ކޮވިޑު ކޭސްތަކާ ގުޅިގެން މިހާތަނަށް 622 ސާމްޕަލް ނަގާފައި ވާއިރު، މިވަގުތު ނަތީޖާ ނުލިބޭ 92 ސާމްޕަލް ވާކަމަށް މަރުކަޒުން ހާމަކުރި ތަފާސްހިސާބު ތަކުގައި ވެއެވެ.
ރޭ ނަތީޖާ ލިބިފައިވަނީ ޖަނަވަރީ 9 ވަނަ ދުވަހު (އާދިއްތަ) ދުވަހު ނެގި ސާމްޕަލް ތަކުގެއެވެ. ކޮވިޑަށް ޓެސްޓު ކުރުމަށް ނެގޭ ސާމްޕަލް ތަކުގެ ނަތީޖާ މިހާރު ލިބޭލެއް ލަސްކަން ފާހަގަ ކުރެވެއެވެ. ހއ. އަތޮޅުން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުގެ ސަބަބުން ހއ. އަތޮޅުގެ ރަށްތަކުން ކޮވިޑަށް ޓެސްޓު ކުރުމަށްޓަކައި ނަގާ ސާމްޕަލް ތައް ފޮނުވަމުންދަނީ މާލެ އަދި ހދ. ކުޅުދުއްފުއްޓަށްކަން ފާހަގަ ކުރެވެއެވެ.
އިހަވަންދޫން ކޮވިޑުގެ ކޭސްތަށް ފެންނަމުންދާތީ 31 ޑިސެމްބަރ އިން ފެށިގެން އިހަވަންދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް