އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ބީލަމަށް
ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ބީލަމަށް ލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްން މިއަދު ވަނީ ރާއްޖޭގެ ތިން ރަށެއްގައި މުޅިން އަލަށް ހޮސްޕިޓަލް އެޅުމަށް އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ލައިފައެވެ.
ސަރުކާރުން އަލަށް ހޮސްޕިޓަލް އަޅަން ނިންމާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރެވެ.
މިއަހަރަށް ލަފާކުރާ ސަރުކާރުގެ ބަޖެޓުގައި އަލަށް އަޅާ ހޮސްޕިޓަލްތަކުގެ ބަޖެޓު ހިމަނާފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުން ހިންގާ ޕީއެސްއައިޕީ މަޝްރޫތަކުގެ ތެރެއިންނެވެ.
އިހަވަންދޫގައި ސަރުކާރުން އަޅާ ހޮސްޕިޓަލަށް ޖުމްލަ 71،114،130 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހޭދަވާނޭ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް އެ މަޝްރޫއަށް ހަރަދުކުރުމަށް ވަނީ 17،567235 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ. އަދި 2023 ވަނަ އަހަރަށް އެ މަޝްރޫއަށް 27،300،424 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވާއިރު، 2024 ވަނަ އަހަރަށް ވަނީ 26،246،471 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފަ އެވެ.
މި ހޮސްޕިޓަލުތަކުގެ މަސައްކަތަށް ހުށައެޅޭ ބީލަން ހުޅުވުން އޮންނާނީ 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް މިނސްޓުރީން ބުނެއެވެ.
އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް ބިޑަށް ލުމާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ޟަބާޙު ކުރެއްވި ފޭސްބުކު ޕޯސްތެއްގައި ވަނީ އިހަވަންދޫ ހޮސްޕިޓަލް ބީލަމަށް ހުޅުވާލުމަކީ ރަށުގެ ތަރައްގީއަށް އިތުރުވި އައު ބޮޅެއް ކަމަށް ވިދާޅުވެފައެވެ.
ހޮސްޕިޓަލްގެ ވައުދު އެއީ އިހަވަންދޫއަށް ރައީސް ޟާލިހު ވެ ވަޑައިގެންނެވި އެއްމެ މުޙިއްމު އެއްވަޢުދުކަމަށް ފާހަގަކުރައްވާ، އިހަވަންދޫ ކައުންސިލްގެ ނިމިދިޔަ ދައުރުގެ ރައީސް، މިހާރު ހައުސިންގް މިނިސްޓްރީގެ އެގްޒެކްޓިވް ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅު ހޮސްޕިޓަލް އެއީ ދިއްލިފައިވާ ހުޅުކޮޅެއްކަމަށާއި އެއީ މި ގައްލަންދޫ އެތެރެވަރީގެ ރަށްތަކުގެވެސް އުއްމީދެއް ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އިހަވަންދޫގެ އާމިނާދިޔޯ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން 2020 ވަނަ އަހަރުވެސް އިޢުލާނު ކޮށްފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް