ފުރަތަމަ މެޗަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެ، އެކުލެވިފައި : މޭނޭޖަރ
ފުރަތަމަ މެޗަށް ނުކުންނައިރު އިހަވަންދޫގެ ޓީމު އޮތީ ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި ކަމަށް ޓީމުގެ މޭނޭޖަރ ހާޒިމް ބުނެފިއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުން މިފަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ހއ. ބާރަށާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގައި ރެހެނދި ފުޓްސަލް ދަނޑު 1 ގައެވެ.
އިހަވަންދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވާ، އިހަވަންދޫ ފުޓްސަލް ކުލަބްގެ މިފަހަރުގެ ކޯޗަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއީލް އަނިލްއެވެ. ކޯޗާއެކު އެއް މަސްދުވަހުގެ ޕްރެކްޓިސް އެއް ކުރުމަށްފަހު މިރޭގެ މެޗަށް ނުކުންނައިރު، ޓީމު އޮތީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެ، އެކަތި ގަނޑަކަށްވެފައި ކަމަށް ޓީމުގެ ފަރާތުން މައުލުމާތުދެއެވެ.
މެނޭޖަރ އިތުރަށް ބުނީ، ޓީމުގައި މިވަގުތު އިންޖަރީގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދެވަނަ ބުރަށް ދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އަދި ވީހާވެސް ރަށުގެ ގިނަ ރައްޔިތުން ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ދަނޑަށް ގޮސް، އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ޓީމާއެކު ތިބުމަށް މޭނޭޖަރ ވަނީ ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް އެދިފައެވެ.
އަށް ޓީމު ވާދަކޮށް ދެ ގްރޫޕަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ހއ. އަތޮޅު ބުރުގެ އިހަވަންދޫ ހިމެނޭ ގްރޫޕްގައި ބާރަށުގެ އިތުރުން ދެން ހިމެނެނީ މުރައިދޫ އަދި ކެލާއެވެ.
ގުޅުން ހުރެދާނެ ލިޔުން
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
8 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ
6 - ފެބްރުއަރީ - 2023
ހއ އަތޮޅުގެ ތާޖުކޮޅު އިހަވަންދޫއިން ދިފާޢުކޮށްފި!
27 - ފެބްރުއަރީ - 2022
ހުރިހާ ވިސްނުމެއް ހުރީ ތާޖު ދިފާޢުކުރުން : އިހަވަންދޫގެ ކެޕްޓަން
27 - ފެބްރުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް