ބޮޑު ތިލަދުންމަތީގެ ތަޚުތަށް އިހަވަންދޫ ފުޓްސަލް ކުލަބް!
ގޯލްޑަން ފުޓްސަލް ޗެލެންޖެ 2022 ގެ ޒޯން 1 ގެ ޗެމްޕިއަންކަން ހޯދައި ބޮޑު ތިލަދުންމަތީގެ ތަޚުތަށް އިހަވަންދޫ ފުޓްސަލް ކުލަބުން އައިސްފިއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ފައިނަލަށް ދަތަރުކޮށްފައިވާ އިހަވަންދޫ ފުޓްސަލް ކުލަބުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-1 ގެ ނަތީޖާއަކުން ށ.ކަނޑިތީމު ބަލިކޮށްގެންނެވެ. މިއީ ފައިނަލަށް ހުރިހާ މެޗަކުން މޮޅުވެގެން އައި ކަނޑިތީމު މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ފައިނަލުގައި އިހަވަންދޫއިން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމުގެ ކެޕްޓަން މުހަންމަދު ފަޒީލެވެ. މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް އިހަވަންދޫ ޓީމުގެ ލީޑް ބޮޑު ކޮށްދިނީ އިބްރާހިމް ހާމިދު ޖަހައިދިން ލަނޑުންނެވެ. އޭގެ މިނެޓެއްފަހުން ލިބުނު ޕެނަލްޓީއަކުން ކަނޑިތީމުންވަނީ ލަނޑެއް ޖަހައި އުއްމީދު އާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 80 އެވެ. ނަމަވެސް އެ އުއްމީދުގައި މިނެޓެއްވެސް ހިފަހައްޓައި ނުލެވުނެވެ. ލިބުނު ހިލޭ ޖެހުމަކުން އިހަވަންދޫގެ ހާމިދު ވަނީ ލަނޑެއް ޖަހައި އިހަވަންދޫއަށް ތަށި ޔަގީންކޮށްދީފައެވެ.
މިރޭގެ މެޗުން ބަލިވި ކަމުގައިވިޔަސް ކަނޑިތީމުންވެސް ވަނީ ގަދަ ސޯޅައިން ޖާގައެއް ކަށަވަރު ކޮށްފައެވެ. ޒޯން 1 ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިހަވަންދޫގެ އިބްރާހިމް ހާމިދެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫ އަތުންބަލިވެ، ބާކީ އެއްމެޗް އޮށްވާ އިހަވަންދޫ ކަޓައިފި
18 - ޖެނުއަރީ - 2025
އުތީމާއި އެއްވަރުވެ، އިހަވަންދޫ ޓީމަށް އިތުރު ގޮންޖެހުމެއް!
15 - ޖެނުއަރީ - 2025
މުރައިދޫ އަތްދަށުވެ އިހަވަންދޫއަށް އުނދަގޫ ފެށުމެއް!
11 - ޖެނުއަރީ - 2025
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ހއ އަތޮޅުން 12 ރަށެއް ބައިވެރިވެއްޖެ
16 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް