އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާނެގޮތުގެ ޝެޑިއުލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެމަނިކުފާނާއި އަދި ހިއްސާ ކޮށްފައި ނުވާކަމަށް، މިނިސްޓަރ ފޯރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓްގައިވާ މިންވަރަށް އަދި ނިމިފައިނުވާ ކަމަށާއި، އެމަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ ޑްރެޖަރުން ކަމަށާއި، އެތަންމިތަނުގައި އެކުންފުނީގެ މަސައްކަތްތަށް ހިނގަމުން ދާކަމުގައެވެ. އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތުގެ ބާކީބައި ނިންމާލުމުގެ މަސައްކަތް ފަށާނެ ވަކިތާރީހެއް އެމްޓީސީސީއިން އަދި އަންގާފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތުގެ ބާކީބައި ނިންމާލުމުގެ މަސައްކަތް ކުރިޔަށް ދާނެގޮތުގެ ޝެޑިއުލް ދެއްވާނެކަމަށް އެމްޓީސީސީން ބުނެފައިވާކަމުގައެވެ.
އިހަވަންދޫ ބިންހިއްކަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 12 ވަނަދުވަހުއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުއަކީ 123,960,847.77 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ.
އިހަވަންދޫ ބިންހިއްކުމަށް އެމްޓީސީސީއިން ބޭނުންކުރަނީ އެކުންފުނީގެ ޓްރެއިލް ސަކްޝަން ހޯޕާއެއް ކަމަށްވާ މަހާޖައްރާފެވެ. އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުންވެސް ހިމަނާފައިވެއެވެ.
ހއ. އިހަވަންދޫ
މެމްބަރު ޝިފާޢު
އެމްޓީސީސީ
އިހަވަންދޫ ބިން ހިއްކުން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
28 - ޖުލައި - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
އާ ޑްރެޖަރުން އިހަވަންދޫ ބިން ހިއްކަންފަށައިފި
12 - ޖުލައި - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް