ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ

.

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތް މޭ މަހުގެ 10 ވަނަ ދުވަހު ފަށާނެކަމަށް އެކްލަބުން ހާމަކޮށްފިއެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތަކީ ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މިއަހަރު ބާއްވަން އިޢުލާންކޮށްފައިއެވަނީ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ދެވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ދޭ ފައިސާގެ އިނާމުވަނީ 25 ހާހުން 30 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމުވަނީ 7 ހާހުން 10 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިދިޔަ އަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވީ 10 ޓީމެކެވެ. އެއީ އިހަވަންދޫއަށް ނިސްބަތްވާ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމުގެ އިތުރުން ޓީމް ހަނިމާދޫ، ޓީމް ނާވާދޫ، މާރަންދޫ ޔޫތް ސޮސައިޓީ އަދި ޖޭއޭ މަނަފަރު އެފްސީއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޔުނައިޓެޑް ޔޫތެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ، ފައިނަލް މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީގައި ޓީމް ނައިވާދޫ މައްޗަށް 5-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައެއްނުލައެވެ.

ޚިޔާލު ފައުޅުކުރުން

ޗެލެންޖް. ޖެލެންޖެއް ނޫން.