- ޖުމްލަ 4.5 ކިލޯ ލުއިކޮށްގެން 10 ވަނަ އައިޝަތުއަލީ ، ހުދުހުދާގެ
- ޖުމްލަ 4.85 ކިލޯ ލުއިކޮށްގެން 9 ވަނަ މިންމާ މޫސާ، ދިލްކުޝާގެ
- ޖުމްލަ 5.05 ކިލޯ ލުއިކޮށްގެން 8 ވަނަ އަސްމާ މޫސާ، ދިލްކުޝާގެ
- ޖުމްލަ 5.95 ކިލޯ ލުއިކޮށްގެން 7 ވަނަ ރުގިއްޔަތު ޝާހީ، ސީސަންގެ
- ޖުމްލަ 6.05 ކިލޯ ލުއިކޮށްގެން 6 ވަނަ ޔަޝްފާ އަހްމަދު، ހާއުފާ
- ޖުމްލަ 6.80 ކިލޯ ލުއިކޮށްގެން 5 ވަނަ ފާތިމަތު ދީމާ، ދިލްކުޝާގެ
- ޖުމްލަ 7.05 ކިލޯ ލުއިކޮށްގެން 4 ވަނަ އައިޝަތު ރަޒީގާ، ވިދުވަރު
- ޖުމްލަ 8.40 ކިލޯ ލުއިކޮށްގެން 3 ވަނަ ހަލީމަތު ޝުހާނާ، ސީސަންގެ
- ޖުމްލަ 10 ކިލޯ ލުއިކޮށްގެން 2 ވަނަ މުހައްމަދު ޒާހިރު ހަސަން، ބަގީޗާގެ
- ޖުމްލަ 10.50ކިލޯ ލުއިކޮށްގެން 1 ވަނަ މުހައްމަދު އާޒިމް، ހުޅަނގުމަތީގެ
މޫދު ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކްލަބް ޕޯލްސްޓަރ ގުޅިގެން އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ނޮވެމްބަރ 25 އިން ޑިސެމްބަރ 15 އަށް ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބޭއްވީ އިހަވަންދޫ ސްކޫލްގެ އެސެންބުލީ ގްރައުންޑްގައެވެ. ރޭގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީއެވެ. ޖުމްލަ 44 ބައިވެރިޔަކާއިއެކު ކުރިޔަށްދިޔަ މިޕްރޮގްރާމްގެ އެޓެންޑެންސްއިން 23 ބައިވެރިޔަކު 100% ހޯދިއެވެ. 44 ބައިވެރިންވަނީ ޖުމްލަ 125 ކިލޯ ލުއިކޮށްފައެވެ.
މިޕްރޮގްރާމްގެ ވަނަތަކަށް އައި ބައިވެރިން:



