އެންވީކޭ އިން ޖަންގަލް ހަމަބިމަށް ތިރިކުރިނަމަވެސް ޖަންގަލް ދެވަނަ ބުރަށް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ފުރަތަމަ ބުރުގެ ހަތަރުވަނަ މެޗްގައި، މިއަދު އެންވީކޭ އިން ޖަންގަލް 5-1 ކުން ބަލިކޮށް ޖަންގަލް ހަމަބިމަށް ތިރިކޮށްފިއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗްގައި ޖަންގަލް އިންވަނީ، އެފްސީ ބޮޑުމަގު 13-1 ބަލިކޮށްފައެވެ.
އެންވީކޭ އަދި ޖަންގަލް އަކީ މިމުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި ދެ ޓީމެވެ. ފޯރި ގަދަވާނެކަމަށް ބެލެވުނު މިމެޗްގައި ޖަންގަލް ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު އެންވީކޭވަނީ މުޅި މެޗްގެ ކޮންޓްރޯލް ހޯދައިގެން ކުޅެފައެވެ. މިމެޗްގައި އެންވީކޭއިން ޖެހި 5 ގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބް ކޮށްދިނީ ޔާމީންއެވެ. ބާކީ 3 ގޯލް ކާމިޔާބުކޮށް ހެޓްރިކް ހެދި އިޝާން އަށްވަނީ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ. ޖަންގަލްގެ ހަމައެކަނި ގޯލް ޖެހީ އެޓީމްގެ ތަހުސީނެވެ.
މިނަތީޖާ އާއިއެކު 3 ޕޮއިންޓާއި ފާއިދާ 7 ގޯލާއިއެކު ޖަންގަލް ވަނީ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފައެވެ. ތިން ޕޮއިންޓާއި ފައިދާ 4 ގޯލާއިއެކު ގްރޫޕްގެ ދެވަނާގައި އޮތް އެންވީކޭ ކަޓާނީ މާދަމާ ހަވީރު ބޮޑުމަގާއި އެންވީކޭ ބައްދަލުކުރާ މެޗުން 9 ގޯލަށްވުރެ ބޮޑު ތަފާތަކުން ބޮޑުމަގު މޮޅުވެގެންނެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް އެންވީކޭ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ބޮޑުމަގު ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވާއިރު 12- ގޯލްގެ ޑެފެސިޓެއް އެބައޮތެވެ.
މިމުބާރާތުގައި މާދަމާ ހެނދުނު ކުޅިމަގު ނުކުންނާނީ ފިއުޗަރ އެފްސީއާ ދެކޮޅަށެވެ. އަދި ފުރަތަމަ ބުރުގެ ފަހު މެޗްގައި މާދަމާ ހަވީރު އެންވީކޭ ނުކުންނާނީ ބޮޑުމަގާ ދެކޮޅަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
5 - ޖެނުއަރީ - 2023
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
9 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް