އެންވީކޭ ރޮއްވާލުމަށްފަހު ޖަންގަލް ޣާޒީކަޕުގެ ތަށިހިއްލާލައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ޗެމްޕިއަންކަން ޖަންގަލްޓީމް ހޯދައިފިއެވެ. ޖަންގަލްއިން މިމުބާރާތް ކާމިޔާބުކުރީ އިއްޔަ ހާވީރު ޣާޒީ ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި އެންވީކޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޖަންގަލް ޓީމްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފްގެ 42 ވަނަ މިނެޓްގަވެ. އެގޯލް ޖެހީ ޖަންގަލް ޓީމްގެ ހަމްޒާއެވެ. ދެވަނަ ހާފްގައި އެންވީކޭގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. އެންވީކޭގެ ގޯލް ފަހު ހާފްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ ހާމިދުއެވެ. ޖަންގަލް މޮޅުކޮށްދިން ގޯލް ފަހު ހާފްގެ 33 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މޮޑްރިޗްއެވެ.
މިއީ މިމުބާރާތުގައި މިދެޓީމް ބައްދަލުކުރި 3 ވަނަ މެޗެވެ. ފުރަތަމަ މެޗްގައި ފަސޭހަ ކަމާއިއެކު އެންވީކޭއިން 1-5 ނަތިޖާއަކުން ޖަންގަލްގެ މައްޗަށް ކުރިހޯދިއެވެ. ދެވަނަމެޗް ނިމުނީ 2-2 އިން ހަމަހަމަވެގެންނެވެ. އެމެޗްގައި ޖަންގަލްއިން 2 ގޯލް ޖަހާފައިވަނިކޮށް ފަހުވަގުތު އެންވީކޭއިން 2 ގޯލްޖަހާ ހަމަހަމަކުރީއެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް އަދި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަންގަލް ޓީމްގެ ޖާޒީ ނަންބަރު 10 ހަމްޒާ މުހައްމަދެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޅިމަގު ޓީމްގެ ޖާޒީ ނަންބަރު 8 ސާލިމް މުހައްމަދުއެވެ. މުބާރާތުގެ އެންމެގިނަ ގޯލް ޖަހައިގެން ރަންބޫޓް ހޯދީ ކުޅިމަގު ޓީމްގެ ޖާޒީ ނަންބަރު 9 މުހައްމަދު ނަޝީދުއެވެ. އޭނާ ވަނީ މިމުބާރާތުގައި 8 ގޯލް ޖަހައިފައެވެ.
ފަހަކަށް އައިސް މިޓީމްތައް ވާދަކުރާ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލުންފެންނަ "ޗަރުކޭސް" އިއްޔަގެ މެޗުންވެސް ފެނިގެންދިޔައެވެ. މެޗް ނިމުމާއިއެކު އެންވީކޭ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން މާރާމާރީ ހިންގިއިރު، ޖަންގަލްގެ ސަޕޯޓަރަކު ސައިކަލުގައި ދަނޑުމައްޗަށް އެރި މަންޒަރު ފެނިގެންދިއައެވެ. އެންވީކޭގެ ކުޅުންތެރިޔަކު އެއްލި ފުޅިއަކުން މެޗްގެ ޝަރަފްވެރި މެހެމާން، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުގެ ހަށިކޮޅުގައި ޖެހުނުއިރު، މެޗްތަކުގެ ހަވާސާގައި ހިންގާ މިފަދަ މާރާމާރީތަކާއި ގުޅިގެން ޖިނާއީ ތަހުޤީގެއް ހިންގިތަނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
9 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް