އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީ އިރަށް ހުރި ތެޔޮ ބަނޑަހައާ އިންވެގެން އިރުމަތީ ފަރާތުގައި ހަދާފައި ހުރި "ޓިނު ހަރުގެ" (ނަލަމައިޒާން) ރޫޅައިލީ ކަރޮޕްޝަނުގެ އަމަލެއް ހިންގުމަށްކަމަށް، 31 ޖެނުއަރީއިން ފެށިގެން 3 މަހަށް ސަސްޕެންޑްކޮށްފައިވާ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ތުހުމަތު ކޮށްފިއެވެ. މުހައްމަދު ރަޝީދު މިގޮތަށް ތުހުމަތު ކުރެއްވީ، އިއްޔަގެ ވަގުތެއްގައި ފުލުހުން ޓިނު ހަރުގެ ރޫޅައިލުމުން ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައެވެ.
މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ "ބިޑަކާއިނުލާ ވަކިމީހަކަށް މިކަމެއް ނުކޮށްދެވޭނެ. ޖަވާބުދާރީ ވާންޖެހޭނެ!" ކަމަށެވެ. އަދި އެއާއިއެކު ކަރަޕްޝަން ހުއްޓުވުމަށްވެސް އެބޭފުޅާ ގޮވާލާފައިވެއެވެ. މީގެ އިތުރުން މުހައްމަދު ރަޝީދުވަނީ އެކަމާއިގުޅޭ ޑޮކިއުމެންޓެއްވެސް ހިއްސާކުރައްވާފައެވެ. އޭގައި ވާގޮތުން އިހަވަންދޫ ރައްޔިތުންގެ ތެޔޮ ފިހާރައެއް ކަމުގައިވާ "ބަނޑަހަ"، ކުއްޔަށް ނަގާފައިވާ ފަރާތަށް، ބަނޑަހައިގެ އިރުމަތީ ފަރާތުން 2000 އަކަ ފޫޓްގެ ބިން އިތުރުކޮށްދިނުމަށާއި، އަދި ބަނޑަހައިގެ ކުލީ މުއްދަތު އިތުރު 10 އަހަރަށް އިތުރުކުރުމަށް ދަންނަވާފައިވެއެވެ.ޓިނުހަރުގެ ރޫޅައިލީ ކަރޮޕްޝަނުގެ އަމަލެއްހިންގުމަށްކަމަށް ތުހުމަތުކޮށްފި
ގުޅުން ހުރެދާނެ ލިޔުން
ޓިނުހަރުގެ ރޫޅާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ
21 - މާރިޗު - 2018
މާދަމާ ޓިނުހަރުގެ ރޫޅާލަނީ
20 - މާރިޗު - 2018
ޝިފާއު ޤައުމީ މަޖުލީހަށް ކުރިމަތިލާނެކަން އިއުލާންކުރައްވައިފި
15 - އޮކްޓޯބަރު - 2026
ރިހާކުރު ބޭސް، ސާމާލުނުވެއްޖެނަމަ ފުރާނައަށް އޮތް ނުރައްކަލެއް!
13 - އޮކްޓޯބަރު - 2026
އޭއައި އަކީ ސައިބާ ސެކިއުރިޓީގެ ވަސީލަތަކަށް އަދި ބޮޑު ނުރައްކަލަކަށްވެސް ވަނީ!
11 - އޮކްޓޯބަރު - 2026
ވަގުތީ ކުނިކޮށި ގާއިމުކުރުމުގެ މަސައްކަތް ފެނައާރާއި ހަވާލުކުރީ 1.4 ލައްކަޔަށް
8 - އޮކްޓޯބަރު - 2026
އިހަވަންދޫ ބަލިކޮށް ނައިވާދޫ ނޯތް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި
7 - އޮކްޓޯބަރު - 2026
ފޮޓޯ: ގާތުމަލަ ފިހާރައިގެ ފާރެއް ވެއްޓި ގެއްލުންވުން
7 - އޮކްޓޯބަރު - 2026
ގާތުމަލަ ފިހާރަ ވެއްޓޭތީ ފުލުހުންނާއި އާންމުން ހަރަކާތްތެރިވަނީ!
7 - އޮކްޓޯބަރު - 2026
ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު
7 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް