ޚަބަރު ވިޔަފާރި

ގާތުމަލަ ފިހާރަ ވެއްޓޭތީ ފުލުހުންނާއި އާންމުން ހަރަކާތްތެރިވަނީ!

ގާތުމަލަ ފިހާރަ ވެއްޓޭތީ ފުލުހުންނާއި އާންމުން ހަރަކާތްތެރިވަނީ!
Advertisement Advertisement

އިހަވަންދޫ ގާތުމަލަ ފިހާރައިގެ ހުޅަނގު ފަރާތު ފާރަށް ގެއްލުންވެ އެފިހާރަ ވެއްޓިދާނެ ކަމުގެ ބިރުހީވެ، އެފިހާރަ އަދި ފިހާރާގައި ހުރިމުދާ ސަލާމަތްކުރުމަށް ފުލުހުންނާއި ބައެއް އާނމު ފަރާތްތަކުން މަސައްކަތް ފަށައިފިއެވެ. 

އެފިހާރައިގެ ފާރަށް ގެއްލުން ލިބި ފާރުން ބައެއް ވެއްޓުނީ އެފިހާރަޔާ އިންވެގެންހުރި ނޫރަންމާގޭގައި އިމާރާތްކުރަމުންދާ ގުދަނުގެ މަސައްކަތަށް އެސަރަހައްދު ކޮނުމުން ކަމަށް އެސަރަހައްދުގައި ހަރަކާތެރިވަމުން ދިޔަ މީހުން މައުލޫމާތު ދިނެވެ. މިހާރުވެސް އެފިހާރައިގެ ހުޅަނގު ފަރާތު ފާރުން ބައެއް ވެއްޓިފައި ވާއިރު، ބާކީ ހުރި ބައިގައިވެސް ވަނީ ވަރަށް ބޮޑަށް ރެނދުލާފައެވެ.

ގާތުމަލަ ފިހާރައިގެ ވެރިން މައުލޫމާތު ދިންގޮތުގައި، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އެފިހާރާގައި ވިޔަފާރިކުރުން ހުރީ ހުއްޓާލާފައެވެ. ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ވިޔަފާރި މުދާ އަދި ވެރިފަރާތުގެ ބައެއް އެހެން ކަހަލަ މުދާވެސް އެފިހާރާގައި ހުންނާނެކަމަށް ގާތުމަލަ ފިހާރައިގެ ވެރިފަރާތުން މައުލޫމާތުދިނެވެ. 

ގާތުމަލަ ފިހާރަ ހުންނަ ވައިލެޓް ގޯޅި ފުލުހުން ބަންދު ކޮށްފައިވާއިރު، އެފިހާރަ ސަލާމަތްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް