ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް "އިހަވަންދޫ.ކޮމް"
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް "އިހަވަންދޫ.ކޮމް" ހަމަޖައްސައިފިއެވެ.
ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތް މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. މިމުބާރާތުން ޖާގަ ލިބިގެންދާނީ މިމުބާރާތުގައި ބައިވެރިވުމުގެ ފޯމް އެންމެފުރަތަމަ ފުރިހަމަކުރާ 20 ޓީމަށެވެ. މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 9104064 ނަންބަރު ނުވަތަ 7942268 ނަންބަރު ފޯނާ ގުޅުމަށް ސާކުން އެދެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫންމަހުގެ 15 ވަނަ ދުވަހާ ހަމަޔަށެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
ކުލަބު ޕޯލްސްޓަރ
އިހަވަންދޫ.ކޮމް
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ އަޕްޑޭޓްތައް ބަލައިލެވޭ ޕޯޓަލްއެއް ތައާރަފް ކޮށްފި
22 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ އޮފިޝަލް ކިޓް ޕާޓުނަރަކަށް ކެޕްޓަން މޯލްޑިވެސް
6 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް މިއަހަރުވެސް "އިހަވަންދޫ.ކޮމް"
22 - މާރިޗު - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ
14 - މާރިޗު - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ނައިވާދޫގެ ރީތިކުޅުން ސެމީ ފައިނަލުން ފެނިދާނެބާ؟
28 - ޖުލައި - 2023
މިނުކުންނަނީ ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީން ކަމާއިއެކު : އިރުޝާދު
28 - ޖުލައި - 2023
ފައިނަލާއި މެދު އުއްމީދު އެބައޮތް – ޔުނައިޓެޑް ޔޫތްގެ ކޯޗް ފަޔާޒް
28 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް