ފައިނަލާއި މެދު އުއްމީދު އެބައޮތް – ޔުނައިޓެޑް ޔޫތްގެ ކޯޗް ފަޔާޒް
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ފައިނަލަށް ދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް، ޔުނައިޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒް ބުނެފިއެވެ. "ގްރޫޕްގެ އެއްވަނަ ލިބުނެއްކަމަކު ވަރަށް އުނދަގޫ ދަތުރެއްކޮށްފަ މިހާހިސާބަށް އާދެވުނީ، އުނދަގޫ މެޗްތަކެއް ކުޅެންޖެހުނީ. ނަމަވެސް ފައިނަލާމެދު އުއްމީދު އެބައޮތް" ފާޔާޒް ބުންޏެވެ.
ޔުނައިޓެޑް ޔޫތް ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި 8 ޕޮއިންޓައި ފައިދާ 8 ގޯލާއިއެކުއެވެ. އެއްވެސް މެޗަކުން ޔުނައިޓެޑް ޔޫތް ބަލިވެފައި ނުވާއިރު ގްރޫޕް ސްޓޭޖްގައި ދެމެޗަކުން އެޓީމްވަނީ އެއްވަރުވެފައެވެ. އެންވީކޭއާއި އެކު 3-3 ގެ ނަތީޖާއަކާއިއެކު އެއްވަރުވީއިރު ޓީމް ނައިވާދޫއާވެސް އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
އެޓީމްގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ފުޓްސެލްގައި ފާހަގަކޮށްލެވޭ އަހްމަދު ހަލީމް ޓީމްގައި ހުރުމަކީ ޓީމަށް ލިބިގެންދާނެ ހިއްވަރެއްކަން ޔަޤީނެވެ. އޭނާވަނީ ގްރޫޕް ސްޓޭޖްގައި މޮޅުކުޅުމެއް ދައްކައި އެޓީމަށް 4 ގޯލް ޖަގައި 4 ގޯލް ޖަހަން އެހީތެރިވެދީފައެވެ. އިދި މީގެ އިތުރުން އެޓީމް ކުޅުނު 4 މެޗްގެ ތެރެއިން 2 މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އަހްމަދު ހަލީމްއެވެ. މީގެ އިތުރުން އެޓީމްގެ މުހައްމަދު އާދަމްއަކީ ޔުނައިޓެޑް ޔޫތްގެ ތަޖްރިބާކާރު ކޯޗް ހުސައިން ފަޔާޒްގެ ގޭމް ޕްލޭންގައި، ސުޕަރ ސަބްސްޓިޓިއުޓެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކުޅުންތެރިއެކެވެ. މުހައްމަދު އާދަމްވަނީ މިމުބާރާތުގައި ކުޅުނު ހުރިހާމެޗެއްގައި ގޯލްޖަހާފައެވެ. އަދި ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު 6 ގޯލާއިއެކު އޭނާ ހިމެނިފައިވަނީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެވެސް އެންމެ ކުރީގައެވެ. އަދި ޔުންޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒަކީ އިހަވަންދޫގެ އެންމެ ތަޖްރިބާކާރު އެއްކޯޗެވެ. އޭނާދަނީ މިމުބާރާތުގައިވެސް ތަފާތް ޓެކްޓިކްތައް ބޭނުންކޮށްގެން ނަތިޖާ ނެރެމުންނެވެ. އެހެންކަމުން ސެމީ ފައިނަލްގައި ޔުނައިޓެޑް ޔޫތާއި ދެކޮޅަށް ނުކުންނަ ކުޅިމަގު ޓީމަށް އެންމެ ބޮޑު އެއްގޮން ޖެހުމަކަށް، ފަޔާޒްގެ ޓެކްޓިކްސްތައް ވެގެންދާނެކަން ޔަޤީނެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ
14 - މާރިޗު - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ނައިވާދޫގެ ރީތިކުޅުން ސެމީ ފައިނަލުން ފެނިދާނެބާ؟
28 - ޖުލައި - 2023
މިނުކުންނަނީ ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީން ކަމާއިއެކު : އިރުޝާދު
28 - ޖުލައި - 2023
ވަރުގަދަ ހަނީމާދޫ ސެމީގައި ނައިވާދޫއާ ދެކޮޅަށް
28 - ޖުލައި - 2023
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ހަނިމާދޫއަށް ގްރޫޕް ބީ ގެ އެއްވަނަ، ނައިވާދޫ ސެމީއަށް
27 - ޖުލައި - 2023
ސެމީފައިނަލްގެ ޖާގަ ކަށަވަރުވި ފުރަތަމަ ދެޓީމަކަށް ހަނިމާދޫ އަދި ކުޅިމަގު
26 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް