ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް މިއަހަރުވެސް "އިހަވަންދޫ.ކޮމް"
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް "ސާކް" އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށްވެސް "އިހަވަންދޫ.ކޮމް" ހަމަޖައްސައިފިއެވެ.
މިއީ ސާކް އިން މިމުބާރާތް ބާއްވާ 2 ވަނަ އަހަރެވެ. އަދި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައެއްނުލައެވެ. މިމުބާރާތް މިއަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު ފަށާނެކަމަށް އެކްލަބުން ވަނީ ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ މީޑިއާ ޕާރޓްނަރަކީވެސް އިހަވަންދޫ.ކޮމް އެވެ. މިމުބާރާތާއިގުޅޭ ހަބަރުތަކާއި މައުލޫމާތު އަދި ޓީމްތަކުންވަމުންދާ ތައްޔާރީތައް، މިނޫސް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދެވޭނެއެވެ.
ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތަކީ ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ދޭ ފައިސާގެ އިނާމުވަނީ 25 ހާހުން 30 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމުވަނީ 7 ހާހުން 10 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިދިޔަ އަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވީ 10 ޓީމެކެވެ. އެއީ އިހަވަންދޫއަށް ނިސްބަތްވާ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމުގެ އިތުރުން ޓީމް ހަނިމާދޫ، ޓީމް ނާވާދޫ، މާރަންދޫ ޔޫތް ސޮސައިޓީ އަދި ޖޭއޭ މަނަފަރު އެފްސީއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޔުނައިޓެޑް ޔޫތެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ އަޕްޑޭޓްތައް ބަލައިލެވޭ ޕޯޓަލްއެއް ތައާރަފް ކޮށްފި
22 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ އޮފިޝަލް ކިޓް ޕާޓުނަރަކަށް ކެޕްޓަން މޯލްޑިވެސް
6 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް "އިހަވަންދޫ.ކޮމް"
18 - މޭ - 2023
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް