އަލީ ސްޒެއިންގެ "އޭ ޕާސް" ސިސްޓަމަށް އީޖާދީ އިނާމު
އިހަވަންދޫ ސްކޫލްގެ ލީޑިންގް ޓީޗަރ އަލީ ސްޒެއިން، އީޖާދީ އިނާމް ހާސިލް ކޮށްފިއެވެ. އަލީ ސްޒޭންއަށް އީޖާދީ އިނާމު ދީފައިވަނީ މިދިޔަ ހުކުރު ވިލޭރޭ ބޭއްވި އިހަވަންދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައެވެ. އީޖާދީ އިނާމަކީ ސްކޫލްގެ ކުރިއެރުމާއި ހިންގުމަށް ނުވަތަ އުނގަންނައި ދިނުމުގެ ވައްޓަފާޅިއަށް ގެނެވޭ އިނެވޭޓިވް ނުވަތަ އުފެއްދުންތެރި އިންޤިލާބީ އައު ބަދަލެއް ގެނެވޭފަދަ އީޖާދެއްކުރުން ނުވަތަ އެފަދަ ވަސީލަތެއް ސްކޫލްގައި ޤާއިމްކޮށްރުމުގެ ބައިން ފާހަގަކޮށްކެވޭފަދަ އީޖާދެއްކުރުމުން ދެވޭ އިނާމެކެވެ.
އަލީ ސްޒޭންއަށް އީޖާދީ އިނާމު ދީފައިވަނީ އޭނާ ތައްޔާރުކޮށްފައިވާ އެކަޑަމިކް ޕާފޯމެންސް އެނަލައިސިސް އެންޑް ސާވޭ ސިސްޓަމުގެ، ސަބަބުން ލިބިގެންދިޔަ ކުރިއެރުމުގެ ސަބަބުންނެވެ. އޭ ޕާސްގެ ނަންދީފައިވާ އެސިސްޓަމަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި، ދަރިވަރުންގެ ނަތީޖާތައް އެއްވިއުގަޔަކުން ލިބޭގޮތަށް ފަރުމާ ކޮށްފައިވާ ސިސްޓަމެކެވެ.
2021 ވަނަ އަހަރު މަސައްކަތްފަށައި ގާތްގަނަޑަކަށް އަހަރެއްހާ ދުވަހުގެ މަސައްކަތުން ޤާއިމްކުރި އެސިސްޓަމަކީ، ސްކޫލްގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ފެންވަރު ބެލުމުގެ އިމްތިހާނުތަކާ، ދަރިވަރުންގެ މާއްދާތަކުގެ އައުޓްކަމް ތަކާއި، ދަރިވަރުންގެ ކުރިއެރުމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް އެއްނިޒާމެއްގެ ތެރެއިން ފަސޭހައިން ބެލޭނެގޮތަށް ފަރުމާ ކޮށްފައިވާ ނިޒާމެކެވެ. އެނިޒާމަށް ދަރިވަރުންގެ ނަތީޖާތައް އަދާހަމަކުރުމުން، ދަރިވަރުންގެ މުޅި ޖުމްލަ ނަތީޖާއާ ދަރިވަރުންގެ ރިޕޯޓް ކާޑްގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށް، އަހަރީ އިނާމު ދިނުމުގެ ހަފްލާޔަށް އިނާމު ލިބިގެންދާ ދަރިވަރުންގެ ނަންތައް ޖެނެރޭޓް ކޮށްދެއެވެ. މީގެ އިތުރުން ކުލާސްތަކުގެ ވަކި ވަކި މާއްދާތަކުގެ ނަތީޖާތަކާއި ގްރޭޑްގެ ނަތީޖާ އަދި މުޅި ސްކޫލްގެ ނަތީޖާ އަޅާކިޔޭނެ ސްޓޭޓިސްޓިކަލް ގްރާފްތައްވެސް އެސިސްޓަމުން ބަލައިލެވެއެވެ. މިނިޒާމްގެ އަޖުމަ ބެލުމުގެ މަރުހަލާތައް 2022-2023 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގައި ކުރިޔަށް ގެންގޮސްފައިވާއިރު މިޓާމްގައި ގްރޭޑް 10 ގެ ނަތީޖާ ޖެނެރޭޓް ކޮށްފައިވަނީ އޭ ޕާސް ނިޒާމްގެ ޒަރިއްޔާއިންނެވެ.
އެހެންކަމުން މިނިޒާމް ޤާއިމް ކުރެވުމާއިއެކު، ދަރިވަރުންގެ ނަތީޖާތައް ދިރާސާކޮށް ތަހުލީލް ކުރުމާއި، ރިޕޯޓް ޕްރިންޓް ކުރުމުގައި ލީޑިންޓީޗަރުން ކުރަމުން އައި މަސައްކަތްތައް އެވަނީ އޮޓަމޭޓް ކުރެވިފައެވެ. އަލީ ސްޒޭން ފާހަގަކުރާ ގޮތުގައި މިފަދަ ނިޒާމެއް ވުޖޫދުކުރުމުގެ ހިޔާލު އައީ، ކުރިން ސްކޫލްގައި ބޭނުންކުރަމުން އައި ރެޕްގަރ ނިޒާމް އިތުރަށް ތަރަށްޤީކޮށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާ ގުޅޫ މައުލޫމާތުތައް ފަސޭހައިން ބެލޭނެ ނިޒާމެއް ޤާއިމްކުރުމަށް ލީޑިންގް ޓީޗަރ ފަތުހުﷲ އަހްމަދު ދެއްވި ހިޔާލުތަކުންނެވެ.
އަލީ ސްޒެއިންވަނީ މެލޭޝިޔާގެ ޔޫ.ޓީ.އެމް އިން އިލެކްޓްރޯނިކްސް އެންޑް ޓެލެކޮމިއުނިކޭޝަން އިންޖިނިއަރިންގް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
24 - ފެބްރުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އުނައިޝް އާއި ސިޔާދު ހޯދައިފި
27 - މޭ - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް