ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން، އިހަވަންދޫ ސްކޫލާއި ގުޅިގެން ހިންގި ޕައިލެޓް ޕްރޮގްރާމެއް ކަމަށްވާ "ޔަންގް ފިޝަރސް ކުލަބް" ގެ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ބެޖް ހަވާލުކޮށްފިއެވެ. އެދަރިވަރުންނަށް ބެޖް ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އިހަވަންދޫ ސްކޫލްގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
"ޔަންގް ފިޝަރސް ކުލަބް" ގެ މިފަހަރުގެ ޕްރޮގްރާމް ނިންމާފައިވަނީ ބައިވެރިވި ކުދިންގެ ތެރެއިން 35 ކުއްޖެކެވެ. އޭގެތެރެއިން 25 ކުދިންނަކީ އަންހެން ކުދިންކަން ފާހަގަކުރެވެއެވެ.
ސީ ސްކައުޓް ކޮންސެޕްޓަށް ކުރިޔަށްގެންދިޔަ "ޔަންގް ފިޝަރސް ކުލަބް" ގައި ބައިވެރިވި ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާއިބެހޭ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާފައިވާއިރު، މޫސުން ބަލާނޭގޮތާއި، ޗާޓްތައް ބަލާނެގޮތުގެ އިތުރުން ދާއިރާގެ ތަޖްރިބާހުރި ބޭފުޅުންގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން މުރަކަ މުރަކަ މުޑުވައްކުރާނެ ގޮތާއް މުރަކަ ހައްދާ ބަލަހައްޓާނެގޮތްވެސް މިޕްރޮގްރާމްގެ ދަރިވަރުންނަށްވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމް ސްޕޮންސަރ ކޮށްފައިވަނީ ދިރާގުންނެވެ. މިޕްރޮގްރާމް ލާންޗްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ. މިއީ މިފަދަ ކޮންސެޕްޓަކަށް ރާއްޖޭގެ ސުކޫލެއްގައި މިހާތަނަށް ކުރިޔަށް ގެންދިޔަ މިފަދަ ފުރަތަމަ ހަރަކާތްތަކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އިފްތިތާހްކޮށްފި
1 - އޮކްޓޯބަރު - 2022
"ޔަންގް ފިޝަރސް ކުލަބް" މާދަމާރޭ އިފްތިތާހްކުރަނީ، ކްލަބްގެ މެޖޯރިޓީއަކީ އަންހެން ދަރިވަރުން
29 - ސެޕްޓެމްބަރު - 2022
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި
24 - އޮގަސްޓު - 2022
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
24 - ފެބްރުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އަލީ ސްޒެއިންގެ "އޭ ޕާސް" ސިސްޓަމަށް އީޖާދީ އިނާމު
28 - މޭ - 2023
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އުނައިޝް އާއި ސިޔާދު ހޯދައިފި
27 - މޭ - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް