އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
2023-2022 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އައިޝަތު އަފާ އަޝްރަފް އަދި ފާތިމަތު ޝައިހާ އަބުދުލް ސައްތާރު ހޮވިއްޖެއެވެ. ފާތިމަތު ޝައިހާ އަބުދުލް ސައްތާރު ހުރިހާއި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ އައިޝަތު އަފާ އަޝްރަފް އެވެ.
2023-2022 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް “ބެސްޓް އޯލް ރައުންޑް” ސްކައުޓަކަށް ހޮވިފައިވަނީ އައިޝަތު ހަޝްމާއެވެ. އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށްވެސް ހޮވިފައިވަނީ އައިޝަތު ހަޝްމާއެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓް ، ބެސްޓް އޯލް ރައުންޑް ކެޑޭޓަކަށް ހޮވިފައިވަނީ އައިޝަތު ޒާރާ އަހްމަދު ޒިރާންއެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށްވެސް ހޮވިފައިވަނީ އައިޝަތު ޒާރާ އަހްމަދު ޒިރާންއެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކަށް ހޮވިފައިވަނީ ފާތިމަތު އުލްޔާ މުހައްމަދުއެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ގާލް ގައިޑަކަށް "ބެސްޓް އޯލް ރައުންޑް ގާލް ގައިޑަކަށް" ހޮވިފައިވަނީ އައިމިނަތު އާލާ އަބުދުލް ސަލާމްއެވެ.
މިރޭ އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް އިމާރާތުގައި ބޭއްވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު މުހައްމަދެވެ.
ގުޅުން ހުރެދާނެ ލިޔުން
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އަލީ ސްޒެއިންގެ "އޭ ޕާސް" ސިސްޓަމަށް އީޖާދީ އިނާމު
28 - މޭ - 2023
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އުނައިޝް އާއި ސިޔާދު ހޯދައިފި
27 - މޭ - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް