ބިންހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ވާންޖެހޭތައްޔާރީތައް، މިހާރު ކުރިޔަށް އެބަގެންދެއެވެ. އެގޮތުން މޫދު އަދި އެއްގަމުގައި އަޅަންޖެހޭ ޕައިޕްލައިންގެ މަސައްކަތް ކުރިޔަށްދާއިރު، ބަންޑްވޯލް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. 9-7 ތެރޭ އިހަވަންދޫގެ ބިންހިއްކާ ނިންމާލެވޭނެ – ރައީސް
އިހަވަންދޫގެ ބިންހިއްކުގެ މަސައްކަތް 7-9 ދުވަސްތެރޭ ނިންމާލެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭންގައި ރައީސް މިއަދު ށ. ކޮމަންޑޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
"އަޅުގަނޑުމެން އަލަށްގެންނަ ޑްރެޖަރު މާދަމާ އިހަވަންދޫއަށް އެވަންނަނީ، އިހަވަންދޫގެ ބިން ހިއްކުމަށް ނަގާނީ މިހާރު ޕްލޭން ކުރެވިފައި އޮތްގޮތުން ނަމަ 7 ދުވަހާ 9 ދެވަސް އެދޭތެރޭ" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިހަވަންދޫގެ ބިން ހިއްކުން ނިންމާލައި ދެން އެއުޅަނދު ދަތުރުފަށާނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަށް ކަމުގައެވެ.
އިހަވަންދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 އޯގަސްޓް 2021 ގައެވެ. އަދި އެމްޓީސީސީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ މަހާޖައްރާފު ބޭނުންކޮށްގެން ވެލިއަޅަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 12 ވަނަދުވަހުއެވެ. ނަމަވެސް ގާތްގަނޑަކަށް 11 ހެކްޓަރުގެ ބިންހިއްކުމަށްފަހު، މަހާޖައްރާފު އެހެން ޕްރޮޖެކްޓްތަކަށް ގެންދިއުމުން އަދި ފަހުން މަހާޖައްރާފަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން، އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުއަކީ 123,960,847.77 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާރު ހިއްކިފައިމިވަނީ ގާތްގަނޑަކަށް ހިއްކަންޖެހޭ ބިމުގެ %44 އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިމަސައްކަތް މިހާރުވަނީ، ބެލްޖިއަމް ގެ ޖަން ޑެ ނަލް ގްރޫޕާ ޑްރެޖަރެއް ކުއްޔަށް ނަގާފައެވެ. އަދި އެކުންފުނީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ “Filippo Brunelleschi” މިހާރުދަނީ ސައުތުއެފްރިކާގެ ކޭޕްޓައުނުން ފުރައިގެން އިހަވަންދޫއަށް އައުމަށް ދަތުރުކުރަމުންނެވެ. އެއީ 470.25 ފޫޓް ދިގު 90.75 ފޫޓް ފުޅާ އަދި 30.03 ފޫޓް އުސް އުޅަނދެކެވެ. އެޑްރެޖަރުގެ ކެޕޭސިޓީ މަހާޖައްރާފާގެ 3 ގުނަ އަށްވުރެ އިތުރެވެ. 11،300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ އެޑްރެޖަރަށް މޫދުގެ 254 ފޫޓް އަޑިން ވެލި ނެގުމުގެ ޤާބިލްކަން ލިބިގެންވެއެވެ.
ބިންހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ވާންޖެހޭތައްޔާރީތައް، މިހާރު ކުރިޔަށް އެބަގެންދެއެވެ. އެގޮތުން މޫދު އަދި އެއްގަމުގައި އަޅަންޖެހޭ ޕައިޕްލައިންގެ މަސައްކަތް ކުރިޔަށްދާއިރު، ބަންޑްވޯލް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބިންހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ވާންޖެހޭތައްޔާރީތައް، މިހާރު ކުރިޔަށް އެބަގެންދެއެވެ. އެގޮތުން މޫދު އަދި އެއްގަމުގައި އަޅަންޖެހޭ ޕައިޕްލައިންގެ މަސައްކަތް ކުރިޔަށްދާއިރު، ބަންޑްވޯލް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެމްޓީސީސީ
ރައީސުލްޖުމުހުރިއްޔާ
އިހަވަންދޫ ބިން ހިއްކުން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
28 - ޖުލައި - 2023
އާ ޑްރެޖަރުން އިހަވަންދޫ ބިން ހިއްކަންފަށައިފި
12 - ޖުލައި - 2023
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
1560 ދުވަހުންވެސް، އެމްޓީސީސީއަށް އިހަވަންދޫގެ ބިން ހިއްކައި ނުނިންމުނު!
19 - ފެބްރުއަރީ - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ބަންދުކޮށްފައިވާ އިރުމަތީ ފަރާތު ސިޑީގެ ހާލަތު އިތުރަށް ގޯސްވެ ވަށައިގެން ދަގަނޑު ޖަހައިފި
27 - ޖޫން - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް