އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ވަރަށްއަވަހަށް އިއުލާންކުރަނީ
އުތުރުގައި ހަދާނެކަމަށްބުނާ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް ކުރިއަށް ގެންދިއުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފުތާ14ގެ ހިމެނޭ ބައެއް މަސައްކަތުގެތެރެއިން، ލ. ގާދޫ ކައިރީ ތަރައްގީ ކުރާ ކޮމާޝަލް ޕޯޓާއި، ލޮޖިސްޓިކްސް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދި މާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެ މަޝްރޫއުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ވެސް އެ ޕްރިޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީހުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެއެވެ.
މިއަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯއިން ޤަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެމަސައްކަތުގެ އަމަލީ މަސައްކަތެއް އަދިވެސް ނުފަށައެވެ. 2018 ވަނައަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު، އައިހެވަން މަޝްރޫއުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން ނިންމާފައި ކަމަށް އޭރުގެ ރައީސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމިން އިޢުލާންކުރެއްވިއެވެ. ނަމަވެސް އަމަނިކުފާނުގެ ވެރިކަމުގައިވެސް އެމަޝްރޫގެ އަމަލީމަސައްކަތް ފަށާފައެއްނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
އައިހެވަން މަޝްރޫޢު އިރާދަކުރެއްވިއްޔާ ފަށާނަން – ސަޢީދު
12 - ޑިސެމްބަރު - 2023
ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށައިފި...
15 - ޖޫން - 2026
އައިހެވަން، ދައުލަތުގެ ބަޖެޓުން ގެއްލިއްޖެ!
30 - ނޮވެމްބަރު - 2018
އައިހެވަންގެ ރަށްތައް ވަރުވާއަށް .... އައިހެވަން އަށް ވާނީ ކިހިނެއްބާ؟
21 - މާރިޗު - 2018
އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ: ރައީސުލްޖުމުހުރިއްޔާ
21 - ފެބްރުއަރީ - 2018
2018 ވަނަ އަހަރުގެ ބަޖެޓްގައި އައި-ހެވަން ޕްރޮޖެކްޓަށް 0 ރުފިޔާ!
16 - ނޮވެމްބަރު - 2017
އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ
2 - ނޮވެމްބަރު - 2017
މެދުކެނޑުމަކަށްފަހު އިހަވަންދިއްޕޮޅު ރަސްތަރި ޤުރުއާން މުބާރާތް މިއަހަރު ބާއްވަނީ
21 - މޭ - 2024
އިހަވަންދިއްޕޮޅުގެ މި އުދާހަށް އިޖާބައެއް ނެތީބާ؟
25 - ސެޕްޓެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް