އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނެގުމަށް ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަނަ އާންމު ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވެފައިވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެޖެންޑާކޮށްފައިވާ މައްސަލަ ހުށަހަޅުއްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ، އިމަގު ޖަމިއްޔާގެ ރިހިޔޫބީލް މުނާސަބާތުގައި އެޖަމިއްޔާއިން ހެދުމަށް ހަމަޖެހިފައިވާ ޒަމާނީ ވޮލީ ކޯޓާއި ފުޓްސަލް ދަނޑު ހެދުމަށް ދޫކޮށްފައިވާ ދެ ބިމުގައިވެސް މުއްދަތު ހަމަވެފައިވާކަމުގައެވެ. އަދި މުއްދަތު ހަމަވިއިރުވެސް އެމަސައްކަތް ނިންމާލެވިފައިނުވާތީ އެޖަމިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުގައި، އެޖަމިއްޔާއިންވަނީ އެޖަމިއްޔާގެ ޓާގެޓަކީ ވޮލީ ކޯޓް ހެދުން ކަމަށާއި، ފުޓްސަލް ދަނޑު ހެދުމަށް ދޫކޮށްފައިވާ ބިން އިތުރަށް މަސައްކަތްކުރެވެން ނެތުމުން ކައުންސިލާއި ހަވާލުކުރުމަށް ނިންމާފައިވާކަން ފާހަގަކުރިކަމަށް ޞަބާޙް ވިދާޅުވިއެވެ. އެހެންކަމުން އެބިމުގައި ކަމެއްނުކޮށް ދޫކޮށްލާފައި އޮތުމުން އެސަރަހައްދު ހަޑިވަމުންދާ މައްސަލާގައި ގޮތެއް ނިންމާދެއްވުމަށް ޞަބާޙް އެދިލެއްވިއެވެ.
މިމައްސަލާގައި އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް ދެއްކެވި ވާހަކާގައި ވިދާޅުވީ، އިމަގު ޖަމިއްޔާއަށް އެ ދެބިންވެސް ކައުންސިލުން ދިނީ ވަރަށް ފޮނި އުއްމީދު ތަކާއިއެކު ކަމުގައެވެ. "މިހާރު ރަށުގައި އެއް ދަނޑު އޮތުމުން ޒުވާނުންނަށް ކުޅުމާއި ދުރުގައި ތިބެންޖެހޭ" އަރީބް ވިދާޅުވިއެވެ. އަރީބް ވަނީ ބިންތަކުގެ މައްސަލާގައި އިމަގު ޖަމިއްޔާއަށް ބޮޑު ތުހުމަތެއްވެސް ކުރައްވާފައެވެ. އެގޮތުން އެބޭފުޅާ ވިދާޅުވީ އިމަގު ޖަމިއްޔާއިން އެބިންތަކުގައި ހުރި ރުއްތައް ކަނޑާ ނީލަންކިޔާ އެކަންކުރީ އުސޫލާ ހިލާފަށް ކަމުގައެވެ. "ހަމައެކަނި ފުޓްސަލް ދަނޑު ހެދުމަށް ދެވުނު ބިމުގައި ކުރެވުނުކަމަކީ އެމް.ޓީސީސީގެ ވެހިކަލްތައް ބޭނުން ކޮށްގެން އެތާހުރި ރުއްތައް ނަގާ ވެލިގަނޑު އެއްވަރުކޮލުން" އަރީބް ތަފްސީލް ކޮށްދެއްވިއެވެ. އަރީބް ގޮވާލެއްވީ ވީހާވެއް އަވަހަކަށް އެބިން ނަގައި ކައުންސިލުން އެތަނުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފެންނަކަމުގައެވެ.
ކައުންސިލަރު އަޙްމަދު ރިޟުވާން ތުހުމަތު ކުރެއްވީ ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ހިންގި ކަމަކީ، މިދާއިރާގެ މެމްބަރު އިމަގު ޖަމިއްޔާގެ އަގުވައްޓާލުމަށް ކުރި ކަމެއްކަމުގައެވެ. "އެޖަމިއްޔާއަށް އެކަންކުރެވުން ނެތްނަމަ އެބިން ކައުންސިލަށް ނެގުމަށްފަހު އެބިމަކީ ގަސްއިންދާ ހެއްދޭފަދަ ބިމަކަށް ހެދުން މުހިއްމު" ރިޟުވާން ވިދާޅުވިއެވެ. ކައުންސިލަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވީ، ކައުންސިލްގެ ނައިބު އަރީބް އަދި ކައުންސިލަރު ރިޟުވާންގެ ވާހަކަޔަށް ތާއީދު ކުރައްވާކަމަށާ، އެހެންކަމުން ވީ އެންމެ އަވަހަށް ބިން ނެގުމަށްފަހު ބިން ސާފުކޮށް ވީއެންމެ އަވަހަކަށް ދަނޑު ހެއްދުމަށެވެ.
އިމަގު ޖަމިއްޔާއަށް އިހަވަންދޫގައި ޒަމާނީ ފުޓުސެލް ދަނޑަކާއި، ވޮލީ ކޯޓެއް އެޅުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ކައުންސިލުންސިލާއިއެކު ސޮއެކުރީ 20 ސެޕްޓެމްބަރ 2021 ގައެވެ. ވޮލީ ކޯޓް އެޅުމަށް ދޫކޮށްފައިވާ ބިން އޮންނަނީ އިހަވަންދޫ ސްކޫލްގެ ޕްލޭ ގްރައުންޑްގެ އުތުރަށެވެ. އެބިމުގެ ވަށާފާރު ރާނާފައިވާއިރު ވޮލީ ކޯޓްގައި އެޅުމަށް ބޭނުންވާ ޓާފް މިހާރުވަނީ ރަށަށް ގެނެސްފައެވެ. ފުޓްސަލް ދަނޑު އަޅަން ދޫކޮށްފައިވަނީ، އިހަވަންދޫގައި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ކުރިން ހާއްސަކޮށްފައިވާބިމެވެ. އެއީ 21000 އަކަފޫޓްގެ ބިމެކެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ އިވެންޓް އޮންނާނީ ހުރަވީ ދަނޑުގައި
13 - މޭ - 2022
އެމްއައި ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ
12 - މޭ - 2022
މަސްރޭސް ކާމިޔާބު ކުރީ ރުއްގަނޑު ޓީމު
11 - ޑިސެމްބަރު - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް