އެމްއައި ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ
މިއަންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ތައްޔާރުވެއްޖެއެވެ. އެމްއައި ކޮލެޖާއި އިމަގު ޖަމިއްޔާ އަދި އިހަވަންދޫ ކައުންސިލް ގުޅިގެން ބާއްވާ މިހަރަކާތް އޮންނާނީ މާދަމާ ހަވީރު 16:00 ގައި އިހަވަންދޫ ހުރަވީ ދަނޑުގައެވެ.
މާދަމާގެ އިވެންޓްގައި މައިކޮލެޖްގެ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދޭއިރު ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މީގެއިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގެ އެކި މުއައްސަސާތަކާއި ގުޅިގެން ހިންގާ ހަރަކާތުގައި ތަފާތު ކުޅިވަރުތަކާއިއެކު އެކި ކަހަލަ އިނާމްތައްލިބޭ ސްޓޯލްތައް ހުންނާނެއެވެ.
އެމްއައި ކޮލެޖުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެޑިއުކޭޝަނަލް ފެއާތައް ބޭއްވުމަށް ހަމަޖެހިފައެވެ. މާދަމާގެ ފެއާގައި ބައިވެރިވެ އެޕްލިކޭޝަން ހުށަހަޅާ ކުދިންގެ ތެރެއިން ގުރުއަތުންހޮވޭ 5 ކުއްޖަކަށް ޓެބްލެޓެއް ލިބިގެންދާނެއެވެ. މާދަމާގެ އިވެންޓް ނިމުމުގެ ކުރިން ގުރުއަތު ނެގުން އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުން އެމްއައި އިހަވަންދޫ ކެމްޕަހުގައި މިސެމިސްޓާގައި ކިޔަވަންފަށާ ކުދިންގެ ތެރެއިން ސްކޮލާޝިޕަށް އެޕްލައިކުރާ 3 ކުއްޖަކަށް ފުލް ސްކޮލާޝިޕް ލިބުމުގެ ފުރުސަތުއެބައޮތެވެ. ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސްވަނީ ހުޅުވާލާފައެވެ. ސްކޮލާޝިޕް ލިބޭކުދިން ކަނޑައަޅާނީ އެޕްލައިކުރާ ކުދިންގެ ނަތީޖާއަށް ބަލާފައެވެ.
މާދަމާ އެމްއައި ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދާ އިވެންޓް އިހަވަންދޫ.ކޮމްގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިއުބް ޗެނަލުންވެސް ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ އިވެންޓް އޮންނާނީ ހުރަވީ ދަނޑުގައި
13 - މޭ - 2022
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
މޫސުން ގޯސްވެގެން ކުރިޔަށް ނުގެންދެވުނު ކުޑަކުދިންގެ ހަވީރު މާދަމާހަވީރު
26 - މޭ - 2022
މަސްރޭސް ކާމިޔާބު ކުރީ ރުއްގަނޑު ޓީމު
11 - ޑިސެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް