ޣާޒީ ކަޕްގެ އިނާމު 15،000ރ އަށް ބޮޑުކޮށް، ފެބުރުއަރީ 9 ގައި ފަށަނީ
އިމަގު ޣާޒީ ކަޕް 2024 އަންނަ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު ފަށާނެކަމަށް، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ހާމަކޮށްފިއެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ރޭ 22:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭއިރު، ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ ފެބުރުއަރީ މަހުގެ 2 ވާ ހުކުރު ދުވަހުގެ ރޭ 22:00 އެވެ.
މިއީ އިމަގުން ޣާޒީ ކަޕް ބާއްވާ 2 ވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި ޣާޒީ ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންވީކޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއަހަރުގެ ޣާޒީ ކަޕްގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައެވެ. މިދިޔައަރުގެ ޗެމްޕިއަން ޓީމަށް 10،000ރ ދިންއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި 2 ވަނައަށް ދާ ޓީމަކަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
އިމަގު ޣާޒީ ކަޕް މިއަދު ފަށާނެ
1 - ޖެނުއަރީ - 2023
އިމަގު ޣާޒީކަޕްގައި ބައިވެރިވީ 6 ޓީމް
28 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް