ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށްހަދައި ތާރުއެޅުމުގެ މަސައްކަތްފަށައިގަތުމަށް ބޭނުންވާ ތަކެތި އިހަވަންދޫއަށް ގެނެސްފިއެވެ. މިތަކެތިހިފައިގެން ދަތުރުކުރި އުޅަނދު އިހަވަންދޫއަށް ބަނދަރުކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭބީސީ ފަށަލަ އެޅުމުގެ ކުރިޔަށް ބޭނުންޖެހޭނެ ހުރިހާ ވަސީލަތެއް މިއަދުގެނަ ސާމާނާއިއެކު މިހާރުވަނީ ހަމަވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަށާނީ އަމީނީ މަގު ހެދުމުގެ މަސައްކަތެވެ. އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 2 އޭޕްރިލް 2023 ގައި 102،846،733.89 މިލިއަން ރުފިޔާގެ އަގަކަށެވެ. އެމަސައްކަތް ފެށުމުގެ ގޮތުން އެކުންފުނިންވަނީ އެކުންފުނީގެ އިހަވަންދޫ ސައިޓް ތައްޔާރުކޮށް ކާސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އޭގެއިތުރުން މަސައްކަތަށް ބޭނުންވާނެ ބައެއް ވެހިކަލާއި ތަކެތިވެސްވަނީ ގެނެސްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަގުތަކުގެ މަސައްކަތް ފަށައިގަތުމުގެ ރަސްމިއްޔާތަށް އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޒުހެއިރު އިހަވަންދޫއަށް ވަޑައިގަންނަވާނެއެވެ.
މަގުހެދުން ފަށައިގަތުމަށް ބޭނުންވާ ސާމާނު އިހަވަންދޫއަށް ގެނެސްފި
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
12 - ފެބްރުއަރީ - 2024
އާރުޑީސީ އިހަވަންދޫ ސައިޓަށް 21 މުވައްޒަފުން ހޯދަނީ
13 - އޭޕްރީލް - 2023
އިހަވަންދޫ މަގުހެދުން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2023
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ 9 މަސް، އަދިވެސް ކުރިއަށްދަނީ ކުރެހުމުގެ މަސައްކަތް
5 - ނޮވެމްބަރު - 2026
ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!
6 - ސެޕްޓެމްބަރު - 2026
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
އިހަވަންދޫ މަގުތަކުގެ ހާލަތު މިއިން ދުވަހަކު ނުދާހާ ދަށަށް!
7 - ޖޫން - 2026
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
އާރު.ޑީ.ސީ އިހަވަންދޫ ސައިޓަށް މިއަދު 14 އަށްވުރެ ގިނަ މުވައްޒަފުން ނަގައިފި!
2 - އޭޕްރީލް - 2026
އާރުޑީސީ އިހަވަންދޫ ސައިޓަށް 14 މުވައްޒަފުން ހޯދަނީ!
29 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް