އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިހަވަންދޫ ޕްރޮޖެކްޓް ސައިޓަށް މުވައްޒަފުން ހޯދަން އިޢުލާންކޮށްފިއެވެ. އެގޮތުން އެކުންފުންނިން މިއަދުވަނީ އިހަވަންދޫ ޕްރޮޖެކްޓް ސައިޓްގެ މަސައްކަތަށް ބޭނުންވާ 21 ސްޓަރފަކު ހޯދަން އިއުލާންކޮށްފައެވެ. އާރުޑީސީއިން ހޯދަން ބޭނުންވާ ކަމަށް އިއުލާންކޮށްފައިވަނީ 1 ސްޕަވައިޒަރު، 1 ޕްރޮޖެކްޓް އެސިސްޓެންޓް، 1 މޭސަން، 1 ހެވީ ވެހިކަލް އޮޕަރޭޓާރ، 1 އިލެކްޓްރީޝަން، 1 އެސިސްޓެންޓް ވެލްޑަރ، 1 އެސިސްޓެންޓް ކާޕެންޓަރ، 4 ސެކިއުރިޓީ ގާޑް އަދި 10 ސަޕޯޓް ސްޓަރފުންނެވެ. އެކުންފުނިން އިއުލާންކޮށްފައިވާ ހުރިހާ ވަޒީފާއެއްގެވެސް މުސާރައަށް 8000ރ އަށްވުރެ މައްޗެވެ. އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ އޭޕްރީލް މަހުގެ 20 ވަނަދުވަހުގެ 12:00 ގެކުރިން ވަޒީފާއަށް އެދި ހުށަހަޅަންޖެހެއެވެ. އާރުޑީސީއާ، އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 102،846،733.89 މިލިއަން ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އާރުޑީސީ އިހަވަންދޫ ސައިޓަށް 21 މުވައްޒަފުން ހޯދަނީ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
12 - ފެބްރުއަރީ - 2024
އިހަވަންދޫ މަގުހެދުން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2023
މަގުހެދުން ފަށައިގަތުމަށް ބޭނުންވާ ސާމާނު އިހަވަންދޫއަށް ގެނެސްފި
29 - ޖެނުއަރީ - 2024
އެމްޑީޕީގެ ކެމްޕޭނަށް އާރުޑީސީގެ މުވައްޒަފުންނާއި ވެހިކަލް ބޭނުންކުރާކަމަށް ބުނާ މައްސަލަ އޭސީސީއަށް
28 - ސެޕްޓެމްބަރު - 2023
އިހަވަންދޫގެ މަގުހަދަން އަދި ބަޔަކާ ހަވާލެއްނުކުރޭ
8 - އޭޕްރީލް - 2022
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނައިފި!
28 - ނޮވެމްބަރު - 2021
ފޮޓޯ: ގާތުމަލަ ފިހާރައިގެ ފާރެއް ވެއްޓި ގެއްލުންވުން
7 - އޮކްޓޯބަރު - 2026
ފިޝަރީސް ކޮމްޕްލެކްސް އަދި އައިސް ޕްލާންޓްގެ މަސައްކަތް އެތިއޯންއާ ހަވާލުކޮށްފި
28 - ސެޕްޓެމްބަރު - 2026
ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!
6 - ސެޕްޓެމްބަރު - 2026
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް