އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ކުރިމަތިން އަތިރިމަތީގައެވެ.
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމަސްރޫއަކީ މިއަދިޔަ އަހަރު ސޮއެކޮށްފައިވާ މަޝްރޫއެއްކަމަށާއި އާރުޑީސީއާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 7 ކިލޯމީޓަރުގެ ދިގުމިނަށް 15 މަގެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި އިހަވަންދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހި ހިމަނައި ދެންހުރި މަގުތައްވެސް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު މުއްޠަލިބް ދެއްވިއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރުގެ އިތުރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 2 އޭޕްރިލް 2023 ގައި 102،846،733.89 މިލިއަން ރުފިޔާގެ އަގަކަށެވެ. އެމަސައްކަތް ފެށުމުގެ ގޮތުން އެކުންފުނިންވަނީ އެކުންފުނީގެ އިހަވަންދޫ ސައިޓް ތައްޔާރުކޮށް ކާސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އޭގެއިތުރުން މަސައްކަތަށް ބޭނުންވާނެ ބައެއް ވެހިކަލާއި ތަކެތިވެސްވަނީ ގެނެސްފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި މި ވަނީ އޭގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންގެ މަސައްކަތްތައް ނިންމިމަށްފަހުއެވެ.
ހއ. އިހަވަންދޫ
ހއ. އަތޮޅު ކައުންސިލް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
އިހަވަންދޫ މަގުހެދުން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މަގުހެދުން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2023
އިހަވަންދޫގެ މަގުހަދަން އަދި ބަޔަކާ ހަވާލެއްނުކުރޭ
8 - އޭޕްރީލް - 2022
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނައިފި!
28 - ނޮވެމްބަރު - 2021
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް