"ޔަންގް ފިޝަރސް ކުލަބް" މާދަމާރޭ އިފްތިތާހްކުރަނީ، ކްލަބްގެ މެޖޯރިޓީއަކީ އަންހެން ދަރިވަރުން
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން، އިހަވަންދޫ ސްކޫލާއި ގުޅިގެން "ޔަންގް ފިޝަރސް ކުލަބް"ގެ ނަމުގައި އުފައްދާ ސްޓޫޑަންޓް ބޮޑީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު މާދަމާރޭ އިހަވަންދޫ ސްކޫލްގައި އޮންނާނެއެވެ. މިއީ ރާއްޖޭގެ ސްކޫލެއްގައި މިފަދަ ބޮޑީއެއް މިކޮންސެޕްޓްގައި ޤާއިމްކުރެވޭ ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާރޭއޮންނަ "ޔަންގް ފިޝަރސް ކުލަބް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ.
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއަރމަން، މައިޒާން އަހްމަދު މަނިކު މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ "ޔަންގް ފިޝަރސް ކުލަބް" ގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ހިންގާ ރަށަކަށް އިހަވަންދޫ ހޮވީ ފެށުނީންސުރެވެސް އިހަވަންދޫއަކީ މަސްވެރިކަމަށް ތަރުހީބުދީ މަސްވެރިން އުފެއްދުމުގެ ޤާބިލްކަން ހުރި ރަށަކަށްވާތީއާއި، ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރުން އަދި ދަރިވަރުންވެސް މިކަމަށް ވަރަށްބޮޑަށް އެއްބާރުލުންދޭތީކަމުގައެވެ. އަހްމަދު މަނިކު ވިދާޅުވީ މިޕްރޮގްރާމަށް ގްރޭޑް 7-8 އިން 30 ކުދިން ބައިވެރިކުރާގޮތަށް ނިންމާފައި ވާނަމަވެސް މިކަމަށް އޮތްތަރުހީބުގެ ބޮޑުކަމުން، ކްލަބްގައި ބައިވެރިވާން ހުށަހެޅި 52 ކުދިންނަށްވެސް ފުރުސަތުދޭން ނިންމާފައިވާކަމުގައެވެ. އަހުމަދު މަނިކު ވިދާޅުވީ މިކުދިންގެ މެޖޯރިޓީއަކީ އަންހެން ކުދިންކަމުގައެވެ. "އަޅުގަނޑުމެންގެ އެސްޖީ، ޝާކިރު "ޔަންގް ފިޝަރމޭންސް ކުލަބް" ކްލަބްގެ ބަދަލުގައި "ޔަންގް ފިޝަރސް ކުލަބް" ކިޔަން ނިންމެވީވެސް ކްލަބުގައި އަންހެން ކުދިންނަށްވެސް ބައިވެރިކުރުވަން" އަހުމަދު މަނިކު ތަފްސީލްކޮށްދެއްވިއެވެ.
އަހުމަދު މަނިކު ދެކެލައްވާގޮތުގައި އަންހެން ވެރިންވަނީ ދިވެހި މަސްވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކޮށްފައެވެ. އެގޮތުން ފިރިހެނުން މަސް ބާނައިގެން ގެނައުމުން މަސް ޕްރޮސެސްކުރުމަކީ ސީދާ އަންހެންވެރިންގެ މަސައްކަތެއްގެ ގޮތުގައި އެތައް ޒަމާންތަކެއްވަންދެން އޮތްކަށް އަހުމަދު މަނިކު ވިދާޅުވިއެވެ. އަހެން ދަރިވަރުންގެ ޝައުގެ މިހާބޮޑަށް މިކަމަށް އޮތުމުން، އަހުމަދު މަނިކު އުއްމީދުކުރައްވަނީ ސީދާ މަސްވެރިކަމުގައި އަމަލީގޮތުން ހަރަކާތްތެރިނުވިއަސް މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުގައި އަންހެނުން ބައިވެރިވެވޭނެ ކަންތައްތަކެއްގެ ވިސްނުން އުފަން ކުރެވޭނެކަމުގައެވެ.
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވިގޮތުގައި، ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މިޕްރޮޖެކްޓް ، އިހަވަންދޫ ސްކޫލްގައި މީގެ ޕައިލެޓް ޕްރޮގްރާމް 1 އަހަރުދުވަހަށް ކުރިޔަށްގެންދިއުމަށް ދިރާގުން ސްޕޮންސަރ ލިބިފައިވާކަމުގައި ޝާކިރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ވޭތުވެދިޔަ ދުވަސްތަކުގައި މިކަމަށް މައިޒާން އިލެކްޓްރޯނިކްސްއިން ދެއްވި އަދި ދެއްވަމުންގެންދަވާ އެހީތެރިކަންވެސް ޝާކިރު ފާހަގަކުރެއްވިއެވެ.
ސީ ސްކައުޓް ކޮންސެޕްޓަށް ކުރިޔަށްގެންދާ "ޔަންގް ފިޝަރސް ކުލަބް" ގައި ބައިވެރިވާ ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާއިބެހޭ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާއިއިރު، މޫސުން ބަލާނޭގޮތާއި، ޗާޓްތައް ބަލާނެގޮތުގެ އިތުރުން ދާއިރާގެ ތަޖްރިބާހުރި ބޭފުޅުންގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށްގެންދިއުމަށް ރާވާފައިވެއެވެ. އަދި ދަރިވަރުން ޕްރޮގްރާމްތައް ފުރިހަމަކުރަމުން ދިޔަވަރަކަށް ދަރިވަރުންނަށް ތަފާތު ބެޖްތައް ހާސިލްކުރެވޭގޮތަށް ކުރިޔަށްގެންދާ މިޕޮރްގްރާމްގެ ދަރިވަރުންނަށް ހާއްސަ ޔުނީފޯމެއްވެސްވަނީ ފަރުމާކޮށްފައެވެ.
"ޔަންގް ފިޝަރސް ކުލަބް" އަށްހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށް ގެންދާނީ ދާއިރާތަކުގެ ތަޖްރިބާކާރުންގެ އެހީއާއިއެކުއެވެ. އެގޮތުން މިހަފްތާ ބަންދުގައި ކުރިޔަށްގެންދާ ހަރަކާތްތަކަށް މޫސުމާއި މޫސުމަށް އަންނަ ބަދަލާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވުމަށް މޯލްޑިވެސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ 2 ބޭފުޅުން ވަނީ ދުރުވެފައެވެ. މިޕޮރޮގްރާމްގެ ދަށުން އިހަވަންދޫ ސްކޫލްގައި ވެދަރ ސްޓޭޝަނެއްވެސް އިންޓޯލްކުރުމަށް ހަމަޖެހިފައިވެއެވެ. އެވެދަރ ސްޓޭޝަނުން މައުލޫމާތު ނެގުމާއި ހިއްސާކުރުމުގައި ހަރަކާތްތެރިވާނީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ސުކޫލް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން
ޔަންގް ފިޝަރސް ކުލަބް
ގުޅުން ހުރެދާނެ ލިޔުން
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އިފްތިތާހްކޮށްފި
1 - އޮކްޓޯބަރު - 2022
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި
24 - އޮގަސްޓު - 2022
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
24 - ފެބްރުއަރީ - 2024
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް