އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން، އިހަވަންދޫ ސްކޫލާއި ގުޅިގެން "ޔަންގް ފިޝަރސް ކުލަބް" ގެ ނަމުގައި ސްޓޫޑަންޓް ބޮޑީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މިފަދަ ކުލަބެއް ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އުފެއްދުމަށްކުރެވޭ މަސައްކަތަށްވާއިރު، މޯލްޑިވެސް ފިޝަމޭންސް އެސޯސިއޭޝަނުންވަނީ އެހަރަކާތާއިބެހޭ މައުލޫމާތު ގްރޭޑް 7 އަދި 8 ގައި ކިޔަވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް މިމަހުގެ 23 ވަނަ ދުވަހު ދީފައެވެ.
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުގެ ސެކްރެޓެރީ ޖެނެރަލް ޢަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ، ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުންވެސް މިކަމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށްބޮޑު ޝައުގުވެރިކަމެއް ހުރިކަމަށް ފާހަގަކުރެވުނުކަމުގައެވެ. އެގޮތުން މިޕްރޮގްރާމްގެ ފުރަތަމަ އަހަރު 30 ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާއިރު، އެއަށްވުރެވެސް ގިނަ ދަރިވަރުންނަށް ފުރުސަތުދިނުމަށް ބެލެނިވެރިންގެ ފަރާތުން އެދުނުކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.
ޝާކިރު ވިދާޅުވީ، "ޔަންގް ފިޝަރސް ކުލަބް" ގައި ބައިވެރިވާން ބޭނުންވާކުދިންނަށް އެފުރުސަތު އިހަވަންދޫ ސްކޫލުން ހުޅުވައިލާނެކަމުގައެވެ. ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މިޕްރޮޖެކްޓަށް އެޑިއުކޭޝަން މިނިސްޓްރީއިން އެޕްރޫވަލް ދީފައިވާކަމަށާއި، އިހަވަންދޫ ސްކޫލްގައި މީގެ ޕައިލެޓް ޕްރޮގްރާމް 1 އަހަރުދުވަހަށް ކުރިޔަށްގެންދިއުމަށް ދިރާގުން ސްޕޮންސަރ ލިބިފައިވާކަމުގައި ޝާކިރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ވޭތުވެދިޔަ ދުވަސްތަކުގައި މިކަމަށް މައިޒާން އިލެކްޓްރޯނިކްސްއިން ދެއްވި އަދި ދެއްވަމުންގެންދަވާ އެހީތެރިކަންވެސް ޝާކިރު ފާހަގަކުރެއްވިއެވެ.
"ޔަންގް ފިޝަރސް ކުލަބް" ގައި ބައިވެރިވާ ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާއިބެހޭ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާއިއިރު، މޫސުން ބަލާނޭގޮތާއި، ޗާޓްތައް ބަލާނެގޮތުގެ އިތުރުން ދާއިރާގެ ތަޖްރިބާހުރި ބޭފުޅުންގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށްގެންދިއުމަށް ރާވާފައިވެއެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ސުކޫލް
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން
ޔަންގް ފިޝަރސް ކުލަބް
ގުޅުން ހުރެދާނެ ލިޔުން
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އިފްތިތާހްކޮށްފި
1 - އޮކްޓޯބަރު - 2022
"ޔަންގް ފިޝަރސް ކުލަބް" މާދަމާރޭ އިފްތިތާހްކުރަނީ، ކްލަބްގެ މެޖޯރިޓީއަކީ އަންހެން ދަރިވަރުން
29 - ސެޕްޓެމްބަރު - 2022
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
މަސައްކަތް ހަވާލުކުރިތާ ހަފުތާއެއް ނުވަނީ ހޯލް އިމާރާތުގެ މަސައްކަތް ފަށައިފި
28 - އޮގަސްޓު - 2022
މަލްޓި ޕާޕޯސްހޯލްގެ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފި
23 - އޮގަސްޓު - 2022
އިހަވަންދޫމަދަރުސާގެ ކުލާސްރޫމު އެޅުމުގެ ޕުރޮޖެކްޓު ބާތިލް ކޮށްފި
19 - ފެބްރުއަރީ - 2013
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ
30 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް