މިފަހަރުގެ އަމާޒަކީ ތަށިން ތައްޓައް - އެންވީކޭގެ މެނޭޖަރު އަލީ
މިފަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި އެންވީކޭގެ އަމާޒަކީ ތަށިން، ތައްޓަށް ދިއުންކަމަށް އެންވީކޭގެ މެނޭޖަރު އަލީ ރަޝީދު ބުނެފިއެވެ. ބެލެވޭގޮތުގައި އަލީ އިޝާރާތް އެކުރަނީ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޢާޒީ ކަޕްގެ ތަށި އެންވީކޭ ކާމިޔާބު ކޮށްފައިވާއިރު މިމުބާރާތުގެ ތަށިވެސް ހޯދުމަށެވެ.
މިމުބާރާތާއި ކުރިމަތިލާއިރު އެންވީކޭއަށް އޮންނާނެ އެންމެ ބޮޑު ހިންހަމަޖެހުމަކީ މިއަހަރު ތައްޓަކާއި އެކު ފެށުމެވެ. އިމަގު ޣާޒީ ކަޕް އެންވީކޭއިން ފުރަތަމަ ފަހަރައް ހިއްލާލައި ބެޖަށް ތަރިއެއް އެރުވިއިރު، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކާމިޔާބުކުރުމަކީވެސް އެޓީމްގެ ތަށި ހަރުގަނޑަށް އިތުރު ފުރިހަކަމެއް ގެނެސްދޭނެ ކަމަކަށްވާނެކަން ޔަޤީނެވެ.
އަލީ ބުނީ އެންވީކޭގެ ފަރިތަކުރުންތައް ފަށާ މިހާރު ކުރިޔަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމުގައެވެ. "ރަނގަޅު ކުޅުމެއް ދައްކާނެކަމަށް ޓީމާދޭތެރޭ އުއްމީދު އެބައޮތް. ޓީމްގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ތާފަތު ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް" އަލީ ތަފްސީލްކޮށްދިނެވެ. ޓީމްގައި އެންޖަރީތަކެއް ހުއްޓަސް އަކަމުން އަރަގަނެވޭނެ ކަމަށް އަލީ ދެކޭއިރު، ޓީމްގެ މެނޭޖްމަންޓްގެ ފަރާތިން ލިބޭ ފުރިހަމަ އެއްބާރުލުން އަލީ ފަހަގަކުރިއެވެ.
މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވަނީ 9 ޓީމެކެވެ. އެއީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކުރިޔަށްދާނީ މިމަހުގެ 10 އިން މިމަހުގެ 19 އަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
"އިންޝާ ﷲ، އެންވީކޭއަށް މިކަން ވާނެ" : މެނޭޖަރު އަލީ
18 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
އެންވީކޭ ސެމީފައިނަލުން ޖާގަ ހޯދައިފި
15 - މޭ - 2024
ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން
11 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް