"އިންޝާ ﷲ، އެންވީކޭއަށް މިކަން ވާނެ" : މެނޭޖަރު އަލީ
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ދަތުރު ކޮށްފައިވާ އެންވީކޭއަށް އެކަން ވާނެކަމަށް، އެންވީކޭގެ މެނޭޖަރު އަލީ ރަޝީދު ބުނެފިއެވެ.
މިމުބާރާތް ފެށުމުގެ ކުރިން މިނޫހާ ވާހަކަ ދައްކަމުން އަލީ ބުނީ މިމުބާރާތުގައި އެންވީކޭގެ އަމާޒަކީ ތަށިން، ތައްޓަށް ދިއުންކަމަށެވެ. ބެލެވޭގޮތުގައި އަލީ އިޝާރާތް އެކުރަނީ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޢާޒީ ކަޕްގެ ތަށި އެންވީކޭ ކާމިޔާބު ކޮށްފައިވާއިރު މިމުބާރާތުގެ ތަށިވެސް ހޯދުމަށެވެ. "ކުރިން ބުނިހެން އަމާޒަކީ ތަށިން ތައްޓަށް، ފަނަލް މެޗަށް އެންވީކޭ މިނިކުންނަނީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އަދި މެނޭޖްމެންޓުންވެސް، އެއްރޫހެއްގައި ފޯރިގާތިބެ މިތަށިނަގާ، އެންވީކޭގެ ތަށީގެ ހަރުގަނޑަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ އަޒުމާއިއެކު" އަލީ ބުންޏެވެ. އެޓީމްގެ ޒުވާން ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުން ފާހަގަކޮށް އަލީ ބުނީ، މިވަގުތު އެޓީމްގައި އިސްރޯލެއް އަދާކުރަމުންދާ ޒުވާން ދެ ކުޅުންތެރިންކަމަށްވާ ނާއިޝް އަދި ގައިޝްގެ ފުޓްބޯޅަ ކެރިއަރ އުޖާލާކުރުމަށް، އެދެކުޅުންތެރިން މިހާޒުވާން އުމުރުގައި ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގެ ޝަރަފް ހޯދައި ދިނުމަކީވެސް، ފައިނަލަށް ނުކުންއިރު އެޓީމްގެ އަމާޒެކެވެ.
ފައިނަލަށް ނުކުންނައިރު ސަޕޯޓަރުންގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާނެކަން ފާހަގަކުރަމުން އަލީބުނީ، ވީހާވެސް ގިނަބަޔަކު މެޗްކުޅެމުންދާއިރު ދަނޑަށްގޮސް ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެންވީކޭއަށް ސަޕޯޓް ކުރާނެކަމަށް އުއްމީދު ކުރާކަމުގައެވެ.
އެންވީކޭ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި، ކުޅިމަގުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެންވީކޭއަކީ އިހަވަންދޫގައި ބާއްވާ ފުޓްސަލް މުބާރާތްތަކުން އެންމެ ކާމިޔާބު ޓީމެވެ. އެޓީމްވަނީ ޖެހިޖެހިގެން 4 ފަހަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތުގެ ފައިނަލްގައި އެންވީކޭއާ ދެކޮޅަށް ނުކުންނާނީ އެފްސީ ބޮޑުމަގެވެ. ފައިނަލް މެޗް ފަށާނީ މާދަމާމިރޭ 20:30 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
އެންވީކޭ ސެމީފައިނަލުން ޖާގަ ހޯދައިފި
15 - މޭ - 2024
ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން
11 - މޭ - 2024
މިފަހަރުގެ އަމާޒަކީ ތަށިން ތައްޓައް - އެންވީކޭގެ މެނޭޖަރު އަލީ
8 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް