ޚަބަރު

އެންވީކޭ ސެމީފައިނަލުން ޖާގަ ހޯދައިފި

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ކުރިޔަށްގެންދާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރި ދެވަނަ ޓީމަށް އެންވީކޭ ވެއްޖެއެވެ. އެންވީކޭއިން މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރީ، އެޓީމުން މިމުބާރާތުގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 1 މެޗުން އެއްވަރުކޮށް 10 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމުން މިމުބާރާތުގައި މިހާތަނަށްވަނީ 31 ގޯލް ޖަހާފައެވެ. އެންވީކޭ އަށް ސެމީ ފައިނަލުން ޖާގަ ކަށަވަރުވިނަމަވެސް، އެޓީމަށް ގްރޫޕުންލިބޭ ވަނަ ކަށަވަރުވާނީ މިރޭ ސެންސިޓީއާ ބޮޑުމަގު ބައްދަލުކުރާ މެޗަށްފަހުއެވެ. ބޮޑުމަގަށް ގްރޫޕްގެ އެއްވަނަ ލިބޭނީ މިރޭގެ މެޗުން 19 ގޯލަށްވުރެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މިއީ މިމުބާރާތުގެ ސެމީ ފައިނަލަށް އެންވީކޭ ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް އެޓީމަށް ނިންމާލަންޖެހުނީ ގްރޫޕް ސްޓޭޖާއި ހަމައިންނެވެ. މިހާތަނަށް މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުވެފައިވަނީ ދެ ޓީމަކަށެވެ. އެއީ ޓީމް ނައިވާދޫ އަދި އެންވީކޭއެވެ. ސެމީ ފައިނަލަށް ދަތުރުކުރާ އަނެއް ދެ ޓީމް ކަށަވަރުވާނީ މިރޭގެ މެޗްތަކަށްފަހުއެވެ.
މުޙައްމަދު އަކުރަމް