ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ
އިހަވަންދޫ ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ އެކަމަށް، ބަޖެޓް ކޮށްފައިވާ ފައިސާގެ އަދަދު މަދުވުމުންކަމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ހިމަނާފައިވާ އެ މަޝްރޫއުގެ މަސައްކަތް ފަށާފައިނުވާތީ މިނޫހުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސުވާލުގެ ޖަވާބުގައި އެމިނިސްޓްރީއިން މައުލޫމާތު ދެއްވިގޮތުގައި، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެ މަޝްރޫއަށް ހަރަދުކުރުމަށް ހިމަނާފައިވަނީ 172،216ރ އެވެ. ނަމަވެސް އެއަދަދަކީ މާލިއްޔަތު ގަވާއިދު ބުނާގޮތުން އެމަޝްރޫއުގެ އެޑްވާންސް ޕޭމަންޓަށްވާ %15 ދޫކުރެވޭ ވަރަށްވުރެ ކުޑަ އަދަދެއްކަމަށް އެމިނިސްޓްރީއިން މައުލޫމާތު ދެއްވިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން އަންދާޒާ ކުރާގޮތުގައި އެމަޝްރޫޢުގެ %15 އަށް 832،216ރ އަރާނެއެވެ.
އިހަވަންދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް ފުރަތަމަ ބަޖެޓްކުރީ، 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައެވެ. އެފަހަރުގެ ބަޖެޓްގައި އެ މަޝްރޫއަށް 900،000ރ ހިމެނިއެވެ. 2023 ވަނަ އަހަރު އެމަސައްކަތް ފަށާފައިނުވާއިރު، 2024 ވަނަ އަހަރުގެ ބަޖެޓަށް އެމަސައްކަތް ވަނީ ނަގުލުވެފައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ބަޖެޓްގައި އެ މަޝްރޫއުއަށް ބަޖެޓް ކޮށްފައިވާ އަދަދުވަނީ 172،216ރ އަށް ދަށްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ބުރީގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ސްކޫލްގެ ކުރީގެ އޮފީސް އިމާރާތް ތަޅައިލުމަށް ފަހުއެވެ. އިހަވަންދޫ ސްކޫލްގެ އެދުމުގެ މަތިން، ސްކޫލާއި އާސާރީ މިސްކިތާ ދެމެދު އޮންނަ ގޯޅި އިހަވަންދޫ ސްކޫލްގެ ގޯއްޗަށް އިތުރުކުރުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 101 ވަނަ ޖަލްސާއިން ވަނީ ނިންމައިފައެވެ. މިމަހުގެ 17 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުންވަނީ، އިހަވަންދޫގެ ތައްޤީއަށް ކުރުމަށް ނިންމާފައިވާ މަޝްރޫޢުތައް ކުރިޔަށް ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ
8 - އޮގަސްޓު - 2023
ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި
7 - އޮގަސްޓު - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އިހަވަންދޫ ސުކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްތައް ނިމުމަކާ ގާތަށް
25 - އޭޕްރީލް - 2023
އެސްކޮން އަށް ދޫކުރީ 8 ލައްކަ އިތުރަށް 1 މިލިއަން ހޯދަން އެދޭ، ގެއްލުމުގެ ބަދަލު ހޯދާނަން: އެޑިއުކޭޝަން
26 - އޮކްޓޯބަރު - 2022
މަސައްކަތް ހަވާލުކުރިތާ ހަފުތާއެއް ނުވަނީ ހޯލް އިމާރާތުގެ މަސައްކަތް ފަށައިފި
28 - އޮގަސްޓު - 2022
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި
24 - އޮގަސްޓު - 2022
މަލްޓި ޕާޕޯސްހޯލްގެ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފި
23 - އޮގަސްޓު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް