ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ
ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލުތަކުގައި ސްޓެމް އެޑިޔުކޭޝަނާއި ، މަސައްކަތުގެ ތަޢުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ދެއްވި ޚިތާބުގައެވެ.
މިނިސްޓަރ އައިޝަތު ޢަލީގެ ޚިޠާބުގައި ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ އެންމެ މަތީ އަރުތަ މިންކުރެވޭނޭ މައިގަނޑު އަސާސަކީ ރާއްޖޭގެ ގައުމީ މަންހަޖުގެ ތަސައްވުރުކަމަށާއި، މަންހަޖުގެ ތަސައްވުރަކީ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޒިންމާދާރު، ހަރުދަނާ ރައްޔިތެއް ބިނާކުރެވޭނީ، ދެވޭ ތައުލީމު، ވަށާ ޖެހިގެންކަމަށާއި، ދަރިވަރުންނަކީ މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށްވެސް ހެދިގެންކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތައުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށާއި، އަދި 21 ވަނަ ގަރުނުގެ މައިގަނޑު ހުނަރުތައް ދަރިވަރުންނަށް ލިބިދިނުމަށްޓަކައި، ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަންކަމަށް ބޭނުންވާ ވަޞީލަތައްތައް ސުކޫލުތަކުގައި ގާއިމުކޮށް ތަމުރީނުތައް ދެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ " އެކި ގޮތްގޮތުން އުނގެނުމުގެ އެހީތެރިކަން ބޭނުންވާ، ވަރަށް ގިނަ ކުދިބަޔަކު އަޅުގަނޑުމެންގެތެރޭގައި ވާކަން އެއީ އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ހުންނަ ހަގީގަތެއް. އެހެންކަމުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދާއެކު، ޝާމިލު ވެށި ބިނާކުރެވި، ދަރިވަރުންނަށް އެކަމުގެ ފައިދާ ކުރާނޭފަދަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ނަތީޖާއެއްގެ ގޮތުން، އެތަކެއް ދަރިވަރުންނަށް އޭގެ މަންފާ ވަނީ ލިބިފައި. އަދި ކުރިޔަށް އޮތް ތާގައިވެސް، އިރާދަ ކުރެއްވިއްޔާ އެކަމުގެ ތާސީރު، ޖީލުތަކަށް ލިބިގެން ދާނެ. އެކަމުގެ ރާހަތު ދަރިދަރިކޮޅަށް ފޯރާނެ. އެކަމުގެ ހެޔޮ އަސަރު މި ދިވެހި މުޖުތަމައުން ފެންނާނެ." ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިރާއްޖޭގެ ތައުލީމީ ބިނާރު އިތުރަށް ބިނާކުރާން ޖެހޭކަމަށާއި، ކުލާސްރޫމްތައް އިތުރުކޮށް ވަސީލަތްތައް ގާއިމު ކުރާން ޖެހޭކަމަށެވެ. އަދި ސުކޫލުތަކުގެ އެތެރެވެއްޓާއި ބޭރުވެށީގައި، ތަފާތު ކުޅިވަރު ކުޅެވޭނޭ އިންތިޒާމުތައް އެކަށައަޅާން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަގަށް ވާޞިލްވުމަށްޓަކައި މި 5 އަހަރުދުވަހުގެ ތެރޭގައި އެތައް ސްކޫލްތަކެ އެއް ދަންފަޅިއަށް ބަދަލުކޮށް ކްލާސްރޫމްތަކާއި ވަޞީލަތައްތައް ޤާއިމްކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" ޒިންމާދަރު، މަސްއޫލިއްޔަތު އަދާކުރާ، ދުނިޔެއަށް ލޯ ހުޅުވިފައިވާ ބަޔަކަށް އަޅުގަނޑުމެންގެ ލޮލޮގެ ކޮއެ ފަދަ ދަރީން ވާނީ، އެކުދީންނަށް ޒިންމާ އުލާން ދަސްކޮށްދީގެން. މަސްއޫލިއްޔަތު ހަވާލުކޮށްގެން. ގޭތެރޭގެ މާޙައުލާ، ދިރިއުޅުމުގެ ހާލަތްތަކާ، ކުރިމަތިވާ ކަންކަމުން އިބުރަތް ހާސިލުކުރާނޭ ފުރުޞަތު އެކުދީންނަށް ދީގެން." މިނިސްޓަރގެ ޚިތާބުގައި ބެލެނިވެރިންނާ މުހާތަބުކޮށް ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ
30 - އޮކްޓޯބަރު - 2024
ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި
7 - އޮގަސްޓު - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އިހަވަންދޫ ސުކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްތައް ނިމުމަކާ ގާތަށް
25 - އޭޕްރީލް - 2023
އެސްކޮން އަށް ދޫކުރީ 8 ލައްކަ އިތުރަށް 1 މިލިއަން ހޯދަން އެދޭ، ގެއްލުމުގެ ބަދަލު ހޯދާނަން: އެޑިއުކޭޝަން
26 - އޮކްޓޯބަރު - 2022
މަސައްކަތް ހަވާލުކުރިތާ ހަފުތާއެއް ނުވަނީ ހޯލް އިމާރާތުގެ މަސައްކަތް ފަށައިފި
28 - އޮގަސްޓު - 2022
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި
24 - އޮގަސްޓު - 2022
މަލްޓި ޕާޕޯސްހޯލްގެ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފި
23 - އޮގަސްޓު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް