މަލްޓި ޕާޕޯސްހޯލްގެ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފި
އިހަވަންދޫ ސްކޫލްގައި އިމާރާތްކުރަމުންދާ މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކުރީ މިއަދު 14:00 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 7.7 މިލިއަން ރުފިޔާއަށެވެ.
އެރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުގެ އިތުރުން، ގިނަދުވަސްތަކެއްވަންދެން އިހަވަންދޫގެ ބޮޑު ކަތީބުކަން ކުރެއްވި އަދި އިހަވަންދޫގެ މަދަރުސާގެ ނާޒިރުކަންވެސް ކުރެއްވި އަލްފާސިލް އަދުނާން އަބުދުﷲ ބައިވެރިވެލެއްވިއެވެ.
ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށްބުނެ، އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުންވަނީ އުވާލާފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެސްކޮން ބިލްޑަރސްއާއި ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެސްކޮންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު ހޯލްއިމާރާތުގެ ކޮންކްރީޓްގެ މަސައްކަތާއި ރޭނުމުގެ ބޮޑުބަޔެއްވަނީ ނިމިފައެވެ. އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
މަސައްކަތް ހަވާލުކުރިތާ ހަފުތާއެއް ނުވަނީ ހޯލް އިމާރާތުގެ މަސައްކަތް ފަށައިފި
28 - އޮގަސްޓު - 2022
އިހަވަންދޫ ސްކޫލްގައި "ޔަންގް ފިޝަރސް ކުލަބް" އުފެއްދުމުގެ މަސައްކަތް ފަށައިފި
24 - އޮގަސްޓު - 2022
އިހަވަންދޫމަދަރުސާގެ ކުލާސްރޫމު އެޅުމުގެ ޕުރޮޖެކްޓު ބާތިލް ކޮށްފި
19 - ފެބްރުއަރީ - 2013
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ
30 - އޮކްޓޯބަރު - 2024
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
24 - ފެބްރުއަރީ - 2024
ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ
8 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް