މުހައްމަދު ރަޝީދުގެ ހާޒިރީ ބަލަހައްޓަނީ އެމްޓީސީސީއިން
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެގްޒެކެޓިވް ޑައިރެކްޓަރ، ހއ. އިހަވަންދޫ ރާނާގޭ މުހައްމަދު ރަޝީދުގެ ހާޒިރީ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ އިހަވަންދޫގައި ހުންނަ އެމްޓީސީސީގެ އޮފީހާ ކަމަށް، ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި އެމިނިސްޓްރީއިން މައުލޫމާތު ދިންގޮތުގައި ރަޝީދު ކޮންމެ ދުވަހަކު ރިޕޯޓްކުރަން ޖެހޭނީ އެމިނިސްޓްރީއަށް ކަމުގައިވިއަސް، އެމިނިސްޓްރީގެ އިދާރާއެއް އިހަވަންދޫގައި ނުހުންނާތީ ރަޝީދުގެ ހާޒިރީ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ސަރުކާރުގެ އެސްއީއޯ ކުންފުނި، އެމްޓީސީސީގެ އިހަވަންދޫގައި ހުންނަ އޮފީހާއި ކަމުގައެވެ. އަދި އިހަވަންދޫ އެމްޓީސީސީ އޮފީހުން ކޮންމެ މަހަކު ރަޝީދުގެ ހާޒިރީ އެމިނިސްޓްރީއާއި ހިއްސާކުރަމުންދާކަމަށްވެސް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މައުލޫމާތު ދެއްވިއެވެ.
ހައުސިންގް މިނިސްޓްރީއިން މައުލޫމާތުދެއްވިގޮތުގައި މުހައްމަދު ރަޝީދުގެ މަސްއޫލިއްޔަތަކީ، އެމިނިސްޓްރީގެ ދަށުން ހއ ސަރަހައްދުގައު ހިންގާ ޕްރޮޖެކްޓުތަކުގެ ކަންތައްތައް ވިލަރެސްކޮށް، އެމިނިސްޓްރީއާއި އެކަންކަން ހިއްސާކުރުމެވެ. މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާންމުކޮށްފައިވާ އެމިނިސްޓްރީގެ މުސާރައިގެ އޮނިގަނޑުގައިވާގޮތުން އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ މުސާރަ އުޅެނީ 17،000ރ އާއި 15،000ރ އާއި ދެމެދުގައެވެ.
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ މަޤާމަށް، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މުހައްމަދު ރަޝީދު އައްޔަންކުރައްވާފައިވަނީ 28 ނޮވެމްބަރ 2021 ގައެވެ.
މުހައްމަދު ރަޝީދުވަނީ ލޯކަލް ކައުންސިލްތަކުގެ އެކިއެކި އިންތިހާބީ މަޤާމްތަކުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ފުތަރަމަ އައްޔަންކުރެއްވީ އެބޭފުޅާއެވެ. އެއަށްފަހު ހއ އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމާއި، ރައީސްކަމާއި އަދި އިހަވަންދޫ ކައުންސިލްގެ ރައީސްކަންވެސް އެބޭފުޅާ ކުރައްވާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
26 - މޭ - 2025
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
ފާޑުކިޔަން ފެށުމުން، ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމަނައިފި.
25 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް