ސެންސިޓީ މައިކަޕަށް ނުކުންނަނީ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން – ސަމީރު
މިއަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތަށް ސެންސިޓީ ނުކުންނަނީ، ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭނަކަމަށް ސެންސިޓީގެ އެއްބާނީ، މުހައްމަދު ސަމީރު ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި ސަމީރު ބުނީ، މައިކަޕްފަދަ ވަރުގަދަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިނުމަކީ އަބަދުވެސް އެޓީމްގެ އަމާޒެއްކަމުގައެވެ. ހާއްސަކޮށް އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އެފަދަ ފުރުސަތުތަކުގެ މުހިއްމުކަން ބޮޑު ކަމަށް ސަމީރު ފާހަގަކުރިއެވެ.
19 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދިޔަ، ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން މިއަހަރު ހޯދައިފާވަނީ ސެންސިޓީކަން ފާހަގަކުރެވެއެވެ. އެމުބާރާތުގައި ސެންސިޓީއަށް ނިސްބަތްވާ ދެ ޓީމެއް ވާދަކޮށްފައިވެއެވެ. އެމުބާރާތުން ވިދާލި ކުޅުންތެރިންނަށްވެސް ސެންސިޓީގެ ސީނިއަރ ޓީމުން ފުރުސަތު ލިބިގެންދާނެކަން ސަމީރު ފާހަގަކުރިއެވެ.
ސެންސިޓީއަކީ މައިކަޕަށް އައު ނަމެއް ނޫނެވެ. 2014 ވަނަ އަހަރު އެޓީމްވަނީ މައިކަޕްގެ ފައިނަލްގައިވެސް ކުޅެފައެވެ. ފައިނަލްގައި މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަތުން ބަލިވިނަމަވެސް، އެންމެ ފާހަގަކުރެވެނީ އެޓީމް އެފަހަރު ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެކަމެވެ. އެއީ މައިކަޕްގައި އެހާތަނަށް އެއްވެސް ޓީމަކަށް ހާސިލްކުރެވުނު ކަމެއްނޫނެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މައިކަޕް މުބާރާތުގައިވެސް ސެންސިޓީވަނީ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.
25 އަހަރަށްވުރެ ދިގު ތާރީހެއްއޮތް އަދި މައިކަޕްގެވެސް 7 މުބާރާތެއްގައި ކުޅެފައިވާ ސެންސިޓީ، މިމުބާރާތުގައި ބައިވެރިވުމީ މުބާރާތަށްވެސް ލިބިގެންދާނެ ފުރިހަމަކަމެއްކަން ޔަޤީނެވެ.
ކޮވިޑް އާލަމީ ވަބާގެ ސަބަބުން މެދުކެނޑުނު މައިކަޕް މިއަހަރު ފަށާއިރު، މުބާރާތަށް ޓީމްތަކުން އަންނަނީ ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. މިމަހު 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތަށް، އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެކަމުގެ ޔަގީންކަން މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުالله (މުޙައްމާ) ވަނީ ދެއްވައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މައި ކަޕް 2019: ކުޅިމަގާއެކު ސެންސިޓީ އަދި ގަބީލާ ކުއާޓަރއަށް
13 - ޑިސެމްބަރު - 2019
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް