އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
މިއަހަރު މިއަތޮޅަށް ހުޅުވާލައިގެން، ބޮޑުކޮށް މަދަހަ މުބާރާތެއް ބާއްވަން ގަސްތުކުރާކަމަށް، އިހަވަންދޫ ދާއިރާގެ ކުރީގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲ މުހައްމާ ވިދާޅުވެއްޖެއެވެ. (މުހައްމާ) މިހެން ވިދާޅުވީ، ބިއުޓިފުލް ބްލޫ މައިކަޕް 2024 މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުހައްމާ ވިދާޅުވީ، އެބޭފުޅާ އިހަވަންދޫގައި ގިނަ މުބާރާތްތަކެއް ބާއްވާ ހިތްވާކަމުގައެވެ. "ފުޓްބޯޅަ އެކަންޏެއް ނޫން، އެހެނިހެން މުބާރާތްތަކަކީވެސް. އަޅުގަނޑު މިރަށުގަ ހަމަ ވަރަށް ބާއްވާހިތްވާ މުބާރާތްތަކެއް." މުހައްމާ ވާހަކަ ކުރިޔަށް ގެންދެވިއެވެ. މުހައްމާ ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށްޓަކައި ތަފާތު މުބާރާތްތައް ބޭއްވުމުގެ ޝައުގުވެރިކަން އެބޭފުޅާގެ އެބަހުންނެވިކަމުގައެވެ. 2025 ވަނަ އަހަރު ބާއްވާ މައިކަޕް މުބާރާތް، މިއަށްވުރެ ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން މުހައްމާ ދެއްވިއެވެ.
މައިކަޕް ފުޓް ބޯޅަ މުބާރާތުގެ ބާނީއަކީ މުހައްމާއެވެ. 2007 ވަނަ އަހަރު ބާއްވަންފެށި އެމުބާރާތުގެ 14 މުބާރާތެއް މިހާތަނަށް ބާއްވާފައިވާއިރު، އެއީ މިސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މުބާރާތްކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް