އިހަވަންދޫ ކައުންސިލުން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2024 ގެ ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށް، ގަދަ 10 ބައިވެރިން ހޮވައިފިއެވެ. ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިއަދު ހެނދުނު 8:30 ގައި އިހަވަންދޫ ރަށްވެހި ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިމުބާރާތް ކުރިޔަށް ގެންދަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޯވޭނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 10،000 ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެ ވަނައަށް 7000ރ އަދި ތިންވަނައަށް 5000ރ ގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގަދަ 10 ގައި ހިމެނުނު ބައިވެރިން:
- މަރްޔަމް މިދްހާ ޙާޝިމް މުޙައްމަދު
- ޔައިޝާ ޔާސިރު އިބްރާހިމް
- އާއިޝަތު ޒާރާ އަޙްމަދު ޒިރާން
- އާމިނަތު ނަސްރަތު
- ޢައީޝަތު ރީޝަމް ރަޝީދު
- އާއިޝަތު އީނާޝް ނައުފަލް އިބްރާހީމް
- އައިޝަތު ޒަހާ މުޙައްމަދު ޒުހައިރު
- އިބްރާހިމް އަޔުޝް އަޝްރަފް
- އާއިޝަތު ޝިމްހާ ހާޝިމް
- މަރްޔަމް ޒީޝަން ޢަބްދުالله