ޚަބަރު

ރަސްތަރި ޤުރުއާން މުބާރާތް: ގަދަ 5 ބައިވެރިން ހޮވައިފި

އިހަވަންދޫ ކައުންސިލުން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2024 ގެ ދެވަނަ ބުރުގެ ނަތީޖާ ފާޅުކޮށް، ގަދަ 5 ބައިވެރިން ހޮވައިފިއެވެ. ދެވަނަ ބުރުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިރޭ އިހަވަންދޫ ރަށްވެހި ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޯވޭނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ. މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 10،000 ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެ ވަނައަށް 7000ރ އަދި ތިންވަނައަށް 5000ރ ގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގަދަ 05 ގައި ހިމެނުނު ބައިވެރިން:
  • އިބްރާހިމް އަޔުޝް އަޝްރަފް
  • ޔައިޝާ ޔާސިރު އިބްރާހިމް
  • އައިޝަތު ޒަހާ މުޙައްމަދު ޒުހައިރު
  • އާމިނަތު ނަސްރަތު
  • އާއިޝަތު ޒާރާ އަޙްމަދު ޒިރާން
މުޙައްމަދު އަކުރަމް