އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން (B) ޒޯނަށް ރަޖިސްޓަރީ ނުކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދޭން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން އިއްޔަ ކޮށްފައިވާ އިޢުލާނުގައިވަނީ، ހއ.އިހަވަންދޫގައި މިވަތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.އިހަވަންދޫ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް ޒޯން (B) އަށް ރަޖިސްޓްރީ ކުރުމަށް ދަންނަވާކަމުގައެވެ. އެގޮތުން މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުފަހަރުތައް (B)ޒޯނަށް ރަޖިސްޓްރީ ކުރުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައިކަމަށްވެސް އެއިޢުލާނުގައި ވެއެވެ.
ކައުންސިލުން ދީފައިވާ މުއްދަތުގައި، އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން (B) ޒޯނަށް ރަޖިސްޓަރީ ނުކުރާ އުޅަނދުތަކުގެ ފެރިންނާއި މެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަންދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް އިހަވަންދޫ ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައި، އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް