އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް މިރޭ!
ގޯލްޑެން ފުޓްސަލް ޗެލެންޖު 2025 ގައި ވާދަކުރާ އިހަވަންދޫ ފުޓްސަލް ޓީމްގެ ފުރަތަމަ މެޗް މިރޭ ކުޅޭނެއެވެ. މިރޭގެ މެޗްގައި އިހަވަންދޫ ނުކުންނާނީ، ހއ މުރައިދޫ ފުޓްސަލް ޓީމާއި ދެކޮޅަށެވެ.
އިހަވަންދޫ އަދި މުރައިދޫ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ، 22:00 ގައެވެ. ހއ އަތޮޅު ބުރުގެ މެޗްތައް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ހިމެނެނީ ގްރޫޕް ބީ ގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ، ދިއްދޫ، ވަށަފަރު އަދި އުތީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ހޯރަފުށި، ބާރަށް، ކެލާ، މާރަންދޫ އަދި ފިއްލަދޫއެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މިދިޔަ އަހަރުގެ މުބާރާތުން އިހަވަންދޫ އަލްވަދާއު ކިޔަންޖެހުނީ ހއ އަތޮޅު ބުރުގެ ކުއާޓަރ ފައިނަލްގައި އުތީމްއަތުން ބަލިވުމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ސާއްޕެ އާއި ރަށަށްޓަކައި ތަށިނަގަން ޓީމްނައިވާދޫ އޮތީ ތައްޔާރަށް – ސިނާން
25 - ފެބްރުއަރީ - 2025
ދިއްދޫ އަތުންބަލިވެ، ބާކީ އެއްމެޗް އޮށްވާ އިހަވަންދޫ ކަޓައިފި
18 - ޖެނުއަރީ - 2025
އުތީމާއި އެއްވަރުވެ، އިހަވަންދޫ ޓީމަށް އިތުރު ގޮންޖެހުމެއް!
15 - ޖެނުއަރީ - 2025
މުރައިދޫ އަތްދަށުވެ އިހަވަންދޫއަށް އުނދަގޫ ފެށުމެއް!
11 - ޖެނުއަރީ - 2025
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ހއ އަތޮޅުން 12 ރަށެއް ބައިވެރިވެއްޖެ
16 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް