ސާއްޕެ އާއި ރަށަށްޓަކައި ތަށިނަގަން ޓީމްނައިވާދޫ އޮތީ ތައްޔާރަށް – ސިނާން
ނައިވާދޫ ޒޯން ތައްޓާއި ހަމަޔަށް ގެންގޮސްދިން، އެޓީމްގެ މުހިއްމު އެއް ކުޅުންތެރިޔާ ސާއްޕެ އަދި ރަށަށްޓަކައި ޓީމް އޮތީ ތަށި ނަގަން ތައްޔާރަށް ކަމަށް ނައިވާދޫ ޓީމްގެ އެސިސްޓެންޓް ކޯޗް ސިނާން ބުނެފިއެވެ. "ކާށިދޫ އަކީ ސަޕްރައިޒްޓީމެއް މެޗް ފަސޭހައެއްނުވާނެ ، މެޗުންމޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނޑުމަތީ ކުޅުންތެރިން ދައްކާނެ ! ވަރަށް އުންމީދުކުރަން! ގޮތްނިންމާނީ އެހެން ފަރާތަކުން. إِنْ شَاءَ ٱللَّٰهُ ނަައިވާދޫއަށް ވާނެ !" އެސިސްޓެންޓް ކޯޗް ބުންޏެވެ. މިމުބާރާތުގެ ފައިނަލަށް ނައިވާދޫ ޓީމް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގަމާ ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ.
ޓީމާއި އެއްގޮތަށް ޓީމްގެ ސަޕޯޓަރުންވެސްތިބީ މާދަމާރޭގެ މެޗަށް ކެތްމަދުވެފައެވެ. މައުލޫމާތު ލިބޭގޮތުގައި ޓީމްގެ ބައެއް ސަޕޯޓަރުން ދިގުދަތުރެއް ކޮށްފައި ޑިންގީގައި މެޗްބަލަން ދާނެއެވެ. ޓީމަށް ސަޕޯޓް ކުރައްވާ ހުރިހާ ފަރާތްތައްވެސް ފެހިކުލައިގެ ހެދުމެއްގައި މިރޭގެ މެޗަށް އައުމަށް ނައިވާދޫ ޓީމުން އެދެއެވެ.
މިމުބާރާތުގެ ފައިނަލްގައި ނައިވާދޫ އާއި ކާށިދޫ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 8:00 ގަ އެވެ. މިއީ ނައިވާދޫ އާއި ކާށިދޫ ވެސް މުބާރާތުގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނައިވާދޫ ވަނީ މިއަހަރުގެ ހދ. އަތޮޅާއި ޒޯން 1 ގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ނައިވާދޫ އަތޮޅު ފައިނަލް ތަށި ހޯދީ ހދ. ނޭކުރެންދޫ ބަލިކޮށްފަ އެވެ. އަދި ޒޯން ފައިނަލްގައި ވަނީ ހއ. ދިއްދޫ ބަލިކޮށްފަ އެވެ. ގަދަ 16ގައި މައްޗަންގޮޅިއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދި އިރު، ކުއާޓާގައި ވަނީ މަހިބަދޫ ކޮޅަށް ވެސް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.
މިމުބާރާތުގެ ނައިވާދޫގެ ޓްރެކް ރެކޯޑަށް ބަލާލާއިރު އެޓީމްވަނީ ހދ. އަތޮޅު ތަށި 7 ފަހަރު ކާމިޔާބުކޮށް، ޒޯން ޒޯން ޗެމްޕިއަންކަން 3 ފަހަރު ކާމިޔާބުކޮށް އަދި ކުއަރޓަރ ފައިނަލްގައި ދެ ފަހަރު ކުޅެފައެވެ. މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދަތުރު ނުކުރެވުނު، ނައިވާދޫން މިފަހަރު މިވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ފައިނަލަށް ދަތުރުކޮށްފަ އެވެ. ހާއްސަކޮށް، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާއާ ހެދި ނުކުޅެވުނު ދަނޑިވަޅުގައި ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ފައިނަލަށް ދަތުރުކުރީއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫ އަތުންބަލިވެ، ބާކީ އެއްމެޗް އޮށްވާ އިހަވަންދޫ ކަޓައިފި
18 - ޖެނުއަރީ - 2025
އުތީމާއި އެއްވަރުވެ، އިހަވަންދޫ ޓީމަށް އިތުރު ގޮންޖެހުމެއް!
15 - ޖެނުއަރީ - 2025
މުރައިދޫ އަތްދަށުވެ އިހަވަންދޫއަށް އުނދަގޫ ފެށުމެއް!
11 - ޖެނުއަރީ - 2025
އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް މިރޭ!
9 - ޖެނުއަރީ - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަށް، ވޮލީ ކޯޓެއްގައި ޕްރެކްޓިސްކުރަންޖެހުނު ޓީމް ނައިވާދޫ
13 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް